ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖާބިރު ، ރައީސް މައުމޫނަށް: ލޮކްޑައުންއަށް ގޮވާފަ، ދަރި ވެރިކަމަށް ގެންނަން މަގުމައްޗަށް ނެރެ މުޒާހަރާގަ

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު. ފޮޓޯ: ދަޕްރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލޮކްޑައުންކުރުމަށް ގޮވާލައްވައިފައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް އުޅުއްވަނީ، އެ މަނިކުފާނުގެ ދަރިކަލުންނަށް ވެރިކަން ހޯއްދަވައިދެއްވުމަށް މަގުމައްޗަށް ނެރުއްވައިގެން މުޒާހަރާކުރެއްވުމުގައި ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވެފައިވަނީ، އިދިކޮޅު ޕީޕީއެމް/ޕީއެންސީން އަންގާރަދުވަހުގެރޭ ބޭއްވި މުޒާހަރާގައި، ރައީސް މައުމޫންގެ ދަރިކަލުން، އަދި ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ޣައްސާން މައުމޫން ބައިވެރިވެވަޑައިގެންފައިވާތީ، އެ ބޭފުޅާއަށް ޢިޝާރާތްކުރައްވާފައެވެ. މަޖީދީމަގާއި، ޗާންދަނީ މަގުގެ ޖަންކްޝަންގައި އަންގާރަދުވަހުގެރޭ 20:15 ގައި ފެށި މުޒާހަރާގައި ވެސް، އަދި މި މަހުގެ 26 ވަނަ ދުވަހުގެރޭ އިދިކޮޅުން ބޭއްވި މުޒާހަރާގައި ބައިވެރިވެވަޑައިގެން ޣައްސާން މައުމޫންވަނީ އިހުތިޖާޖުކޮށްފައެވެ.

އަންގާރަދުވަހުގެރޭ މުޒާހަރާ ނިމުނުފަހުން ޖާބިރުކުރެއްވި ޓްވީޓެއްގައި ވަނީ، ރައީސް މައުމޫންއަށް ފާޑުވިދާޅުވެފައެވެ. ޖާބިރު ފާޑުކިޔުއްވާފައިވަނީ، ޤައުމުގައި މިހާރު ބަލި އޮތް ހާލަތުގެ ސަބަބުން، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭކަމަށް ރައީސް މައުމޫން ވިދާޅުވެފައިވާއިރު، އެ މަނިކުފާނުގެ ދަރިކަލުން ޣައްސާން މައުމޫން މުޒާހަރާކުރެއްވުމަށް މަގުމައްޗަށް ނިކުމެވަޑައިގަތުމުންނެވެ. މި ގޮތުން ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި ވަނީ، މާ ބޮޑަށް ވެސް މިހާރު ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހިއްޖެކަމަށް ވިދާޅުވެފައެވެ.

https://twitter.com/chairmanjabir/status/1288197395042275328?s=20

ރައީސް މައުމޫން މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވާތީ ޖާބިރުގެ ޓްވީޓުގައި ވިދާޅުވީ، ކޮވިޑްގެ އެންމެ ރިސްކްބޮޑު ފަރާތްތަކުގެތެރޭގައި ޢުމުރުން ދުވަސްވީ މީހުން ހިމެނޭކަމަށެވެ. މީގެ އިތުރުން ޖާބިރު ވިދާޅުވީ ރައީސް މައުމޫން ވިދާޅުވެގެން، އެ މަނިކުފާނުގެ ޙައްޤުގައި ޤައުމު ލޮކްޑައުންކުރަން ހިފުމަކީ ދެރަކަމެއްކަމަށާއި، އިކޮނޮމީ ފުނޑޭތަން ބައްލަވަން ނުހުރެއްވޭނެކަމަށެވެ. އަދި ރައީސް މައުމޫން ލޮކްޑައުންއަށް ގޮވާލެއްވިއިރު، އެ މަނިކުފާނު އުޅުއްވަނީ އެ މަނިކުފާނުގެ ދަރިކަލުން ޣައްސާން މައުމޫން މުޒާހަރާއަށް ނެރުއްވައިގެން، އޭނާއަށް ވެރިކަން ހޯއްދަވައިދެއްވުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: