ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭސްފަރުވާއަށް ފުރަން ގޮސް ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފުރަން ގޮސް ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ސަންގުޓީވީއަށް މައުލޫމާތު ދެއްވަމުން އާސަންދައިގެ މީޑިޔާ އޮފިޝަލް އާޝިޔާ ސާލިޙް ވިދާޅުވީ އެމީހާ ޕޮޒިޓިވްވިކަން އެނގުނީ އިންޑިޔާއަށް ބޭސްފަރުވާއަށް ދިޔުމަށް ފުރަން ގޮސް ހުއްޓައި ކަމަށެވެ. އަދި އެހިސާބުން ޕޭޝަންޓާއި އޭނާގެ ދެ އެހީތެރިން ފްލައިޓުން ބާލުވާފައިވާ ކަމަށެވެ. ފްލައިޓުގައި ޖުމްލަ 71 މީހުން ތިބިކަމަށް މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.

ޕޭޝަންޓަކު ޕޮޒިޓިވްވިކަން އެނގުމާއެކު ފްލައިޓު ފުރުން ވަނީ ލަސްކޮށްފައެވެ. އަދި މިހާރު ފްލައިޓް ޑިސްއިންފެކްޓް ކޮށްފައިވާ ކަމަށާއި ދެން ފުރުން ހަމަޖެހިފައި އޮތީ މިއަދު މެންދުރު 2 ޖަހާއިރު ކަމަށް އާޝިޔާ ވިދާޅުވިއެވެ.

މީޑިޔާ އޮފިޝަލް ވިދާޅުވީ އިއްޔެވެސް ބޭސްފަރުވާއަށް ފުރަން ދިޔަ މީހަކު ޕޮޒިޓީވްވެފައި ހުރުމާއެކު އޭނާއާއި އޭނާގެ އެހީތެރިންގެ ފުރުން ކެންސަލްކޮށްފައިވާ ކަމަށެވެ.

ކޮވިޑާއި ގުޅިގެން ބޯޑަރުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން، ގިނަ ބަޔަކު ވަނީ ބޭސްފަރުވާއަށް ނުދެވި ތިބުމުގެ ސަބަބުން އެކަމުގެ ޝަކުވާކޮށްފައެވެ. އެހެންނަމަވެސް، މިހާރު އާސަންދައިގެ ދަށުން އިންޑިޔާއަށް ބޭސްފަރުވާއަށް ދިޔުމުގެ ފުރުސަތު ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރު ގުޅިގެން ވަނީ ފޯރުކޮށްްދީފައެވެ.

ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އިންޑިއާއަށް އެތެރެވާ ހުރިހާ ފަރާތްތަކުން ކަރަންޓީނުވާން ޖެހޭތީ، ފަރުވާއަށް ދާ ދިވެހިންވެސް ކަރަންޓީނު ފުރިހަމަކުރަން ޖެހެއެވެ. އިންޑިއާ ސަރުކާރާއެކު ފޮރިން މިނިސްޓްރީން ކުރި މަޝްވަރާތަކަށްފަހު ހޮސްޕިޓަލްގެ ވަކި ސަރަހައްދެއްގައި ކަރަންޓީންވުމުގެ ފުރުސަތު ވަނީ ދިވެހިންނަށް ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: