ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރު އިމްރާނަށް ތުހުމަތުކުރާ ޖިންސީ ގޯނާގެ މައްސަލަައިގެ މައުލޫމާތު ފުލުހުންނަކަށް ނުދެވުނު!

ޕްރެސް ކޮންފަރެންސެއްގެ ތެރެއިން، ހޯމް މިނިސްޓަރު އިމްރާން އަދި ސީޕީ ޙަަމީދު. ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން ޢަބްދުﷲ، އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަޑް ބުނާ އޯޑިއޯގެ ސައްހަކަން ބަލާފައިވޭތޯ އަދި އެ ކަން ސާފުކުރުމަށް ފުލުހަށް ގުޅުމުން މަޢުލޫމާތު ނުދީ، ދޮގު ހަދައިފިއެވެ.

މިނިސްޓަރު އިމްރާން އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ އޯޑިއޯގެ ސައްހަކަން ބަލާނެކަމަށް ފުލުހުން ބުނީ މީގެ ދެ ހަފުތާކުރިންނެވެ. މީގެ އިތުރުން ފުލުހުން ބުނީ، މިނިސްޓަރު އިމްރާން އާއި ގުޅޭ އެފަދަ މައްސަލައެއް އެ އިދާރާއަށް ހުށަހެޅިފައި ނުވާކަމަށާއި، ނަމަވެސް ސޯޝަލްމީޑިއާ މެދުވެރިކޮށް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ، އެ އޯޑިއޯގެ ސައްހަކަން ބެލުމަށްކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ވެސް ފުލުހުން އޭރު ވަނީ ބުނެފައެވެ.

މި ގޮތުން މިނިސްޓަރު އިމްރާން އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ އޯޑިއޯގެ ސައްހަކަން ބަލަމުންދާކަމަށް ފުލުހުން އޭރު ބުނެފައިވާތީ، އެ މައްސަލަ ގޮސްފައިވާ ހިސާބެއް ބަލައިލުމަށް ”ސަންގުން“ ވާނީ ތިންދުވަހުގެ މަތިން ޕޮލިސް މީޑިއާއަށް ގުޅާފައެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް ލިބޭ ޖަވާބަކީ، އެކަން ބެލުމަށްފަހު ޖަވާބެއް ދޭނެ ކަމަށެވެ. ނަމަވެސް ކޮންމެ ދުވަހަކު ވެސް ދެތިން ފަހަރުމަތިން ގުޅާއިރު، މި ނޫން ޖަވާބެއްނުލިބެއެވެ. ކޮންމެދުވަހަކު ވެސް ޖަވާބު ދެއްވާނަމޭ ވިދާޅުވެ އެ ކޮޅުންވަނީ ދޮގުހަދާފައެވެ. އަދި މީގެ އިތުރުން، އެންމެ ކުޑަމިނުން އެ އޯޑިއޯގެ ސައްހަކަން ބަލަމުންދާކަމެއް، ނުވަތަ ނުބަލާކަމެއް ވެސް ސާފުކޮށްދީފައެއް ނުވެއެވެ. މީގެ އިތުރުން ވެސް ވާނީ، އިތުރު މައްސަލައެއްގެ މަޢުލޫމާތު ސާފުކުރުމަށް ފުލުހުންނަށް ގުޅާފައެވެ. ނަމަވެސް އެއަށް ވެސް އެއްވެސް މަޢުލޫމާތެއް ދީފައެއްނުވެއެވެ.

 

https://twitter.com/TruthMaldives/status/1282063177086152704?s=20

ހޯމް މިނިސްޓަރު އިމްރާން، އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ އޯޑިއޯއެއް ލީކްވެފައިވަނީ، މި މަހުގެ 12 ހޮނިހިރުދުވަހުގައެވެ. އެ އޯޑިއޯގައި ވާހަކަދެއްކި އަންމީހާ ބުނާގޮތުން، ޢަދާލަތު ޕާޓީގެ އޮފީހަށް އެ އަންހެންމީހާ ގެންގޮސް، މިނިސްޓަރު އިމްރާން ވަނީ، ޖިންސީގޯނާކޮށްފައެވެ. އޭގެ އިތުރުން، މިނިސްޓަރު އިމްރާންގެ ފަރާތުން، އިތުރު އަންހެނުންތަކަކަށް ވެސް އެ އުނދަގުލާއި ކުރިމަތިލާންޖެހިފައިވާކަމަށް އޯޑިއޯގައި ބުނެފައިވެއެވެ. އޯޑިއޯގައި ވާހަކަދެއްކި އަންހެންމީހާ ބުނިގޮތުގައި، މިނިސްޓަރު އިމްރާން ވަނީ، އޭނާގެ ޖިންސީ ގުނަވަންތަކުގައި އަތްލައި، ”ދޮން“ ދީ ހެއްދެވިކަމަށް ވެސް ބުނެފައެވެ. އަދި މިނިސްޓރަު އިމްރާން އެ ޢަމަލު ހިންގެވީ ޢަދާލަތު ޕާޓީގެ އޮފީހުގައިކަމަށާއި، އިސްތިޚާރާ ނަމާދަކީ ކޮބައިކަން އެނގޭތޯ ސުވާލުކުރެއްވިކަމަށާއި، ޢަދާލަތު ޕާޓީގެ އޮފީހަށް އައުމުން އެ ކަން އޮޅުންފިލުއްވައި ދެއްވާނެކަމަށް ވިދާޅުވިކަމަށް ވެސް އަންހެންމީހާ ބުނެފައިވެއެވެ.

އަންހެންމީހާ އިތުރަށް ބުނިގޮތުގައި، އިސްތިޚަރާ ނަމާދުގެ ވާހަކަ ދައްކަވައިގެން، އަންހެން ކުދިންނަށްޖިންސީ ގޯނާކުރެއްވުމަކީ މިނިސްޓަރު އިމްރާންގެ އާދަފުޅެކެވެ. އަދި އޭގެ އިތުރުން ވެސް ކިޔައިދޭން އެތައް ވާހަކަތައް އެބަހުރިކަމަށާއި، މިއީ އަދި ”ފުރަތަމަ މަރުހަލާ“ ކަމަށް އަންހެންމީހާ ބުނެފައިވެއެވެ. އަދި ”މަށަށް“ އެ ޝެއިޚު އިމްރާން ކިޔައިދޭން ނޫޅޭ، ތާކުން ކުލަ ރީތި އަންހެންކުއްޖަކު ފެންނައިރަށް އޭނާ ހިތާވާނެ“ ކަމަށް ވެސް އެ އަންހެންމީހާ ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: