ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަސްތުގައި ބަލި ފަތުރަން މަސައްކަތް ކުރާކަމަށް ބެލެވޭ، މީހެއް ފެންނަ ވީޑިއޯގެ މައްސަލަ ދަނީ ބަލަމުން: ފުލުހުން

ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ އެ ވީޑިއޯގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިގެ ރޯގާ މާލޭގައި ފެތުރެމުންދާއިރު، ގަސްތުގައި ބަލި ފަތުރަން މަސައްކަތް ކުރާ ކަމަށް ބެލެވޭ ކަމަށް ބުނާ މީހާގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ރޯގާ ޖެހިފައި ހުރިކަމަށް ބެލެވޭ މީހަކު، ނޭފަތް ފޮޅާލުމަށްފަހު ލިފްޓުގައި އަތް ކާއްތާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. 35 ސިކުންތުގެ އެ ވީޑިއޯއަކީ ސީސީޓީވީ ފުޓޭޖެޖެވެ. އަދި އޭގެއިން ދައްކާގޮތުން މެދު އުމުރުގެ އެ ފިރިހެންމީހާ، ގެއެއްގެ ލިފްޓުގައި ކައިރީ މަޑުކޮށްގެން ހުރެ، އޭނާ އަޅައިގެން ހުރި މާސްކު ނެގުމަށްފަހު ދޮރުގައި އަތް ކާއްތާ މަންޒަރު ފެނެއެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އެ ފިރިހެން މީހާ ވަނީ ހަތަރު ވަރަކަށް ފަހަރު މަތީން، މޫނުގައި އަތް ހޭކުމަށްފަހު، ރޯގާ ސާފު ކުރުމަށްފަހު ދޮރުގައި ހިފާފައެވެ. އެންމެ ފުރަތަމަ ބަލި ފެތުރިގެން އައިއިރު ބައެއް ގައުމުތަކުން ވެސް ފެނުނު މި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުންފާޅުކޮށް މިއީ ގަސްތުގައި ބަލި ފެތުރުމަށް މަސައްކަތް ކުރުންގެ ގޮތުގައި ބުނެފައެވެ.

ވީޑިއޯއާއި ގުޅޭގޮތުން ”ސަންގު“ އިން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ވީޑިއޯ ފުލުހުންގެ ވެސް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ގަސްތުގައި ބަލި ފަތުރަން މަސައްކަތް ކުރާކަމަށް ތުހުމަތު ކުރެވޭ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

https://twitter.com/Meythss_/status/1288432869128503297

ވީޑިއޯއިން ފެންނަނީ ދިވެއްސެއްކަމެއް ނޫނީ ބިދޭސީއެއްކަމެއް ސާފެއް ނޫނެވެ. އެހެން ނަމަވެސް ރޭ ސޯޝަލް މީޑިއާގައި ދައުރުވި އެ ވީޑިއޯގެ ކެޕްޝަންގައި ބުނެފައިވަނީ ކޮވިޑުގެ އަލާމާތްތައް ހުންނަ މީހުން ބަލި އިތުރު ފެތުރުމަށްޓަކާ މީހުން އުޅޭ ތަންތަނަށް ދިއުމާއި، އަދި ފިހާރަތަކުގެ ތަޅުގައި ގަސްތުގައި އަތް ހާކަމުން ދާ ކަމަށެވެ.

މި ވީޑިއޯއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ނަމަ، ފުލުހުންގެ ޖެނެރަލް އިންވިސްޓިގޭޝަން ޑިޕާޓްމެންޓަށް ގުޅައި އެކަން ހިއްސާކޮށްދެއްވުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

ރާއްޖޭގައި ކޮވިޑު ޖެހޭ މީހުންގެ އަދަދުތައް އަނެއްކާވެސް އިތުރުވާން ފަށާފައިވާއިރު، އިއްޔެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 137 އަށް އަރާފައެވެ. އަދި އޭގެ ތެރެއިން 90 އަށް ވުރެ ގިނަ މީހުންނަކީ ދިވެހިންނެވެ. ކޮވިޑުގެ ދެވަނަ ރާޅެއް އައިސްދާނެކަމަށް ބިރު ހީވެފައިވާއިރު ސިއްހީ މާހިރުން ދަނީ ބޭރަށް ނިކުތުން ހުއްޓާލާ، އެއްވުންތަކާއި، ބޮޑެތި ޕާޓީތައް ނުބޭއްވުމަށް އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: