ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19 އިގެ ގައިޑްލައިނާއި ޚިލާފުވެފައިވާ އިތުރު 40 ތަނެއް ބަންދުކޮށްފި، ޖުމްލަ ޢަދަދު 120 އަށް

ޑރ.ނަޒްލާ ރަފީޤް. ފޮޓޯ: އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިގެ ގައިޑްލައިނާއި ޚިލާފުވެފައިވާ އިތުރު 40 ތަނެއް ބަންދުކޮށްފައިވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.

ހޮނިހިރުދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.ނަޒްލާ ވިދާޅުވީ، އުސޫލުތަކާއި ޚިލާފުވެގެން ފަހުން ބަންދުކުރި ތަންތަން ބަންދުކުރީ ހޮނިހިރުދުވަހުގައި ކަމަށެވެ. މި ގޮތުން ފަހުން ބަންދުކުރި 40 ތަން ބަންދުކުރީ، 189 ތަނެއް އިންސްޕެކްޓް ކުރުމަށްފަހުކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ހޮނިހިރުދުވަހު އިންސްޕެކްޓްކުރި ތަންތަނުގެތެރޭގައި ހިމެނެނީ، ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދެމުންއައި 62 ތަނަކާއި، 13 ސެލޫންއަކާއި، ވިޔަފާރިކުރާ 113 ތަނެއްގެ އިތުރުން މާރުކޭޓެއްކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މި ގޮތުން އުސޫލުތަކާއި ޚިލާފުވެގެން އޭގެތެރެއިން ބަންދުކުރީ 09 ސެލޫންއަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ 16 ތަނާއި، 14 ފިހާރައިގެ އިތުރުން މާރުކޭޓުކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. ކޮވިޑާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެލުމުގެ ގޮތުން އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކަށް ނުފެތޭތީ މީގެ ކުރިން ވެސް ވަނީ ގިނަ ޢަދަދެއްގެ ތަންތަން ބަންދުކޮށްފައެވެ. ނަމަވެސް އެ އުސޫލުތަކަށް ޢަމަލުކުރާ ތަންތަން މިހާރު އިތުރުވަމުން އަންނަކަމަށް ޑރ.ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.

އެޗްޕީއޭގެ ޤަވާއިދުތަކަށް ނުފެތޭތީ މިހާތަނަށް ވަނީ 120 ތަނެއް ބަންދުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ 55 ތަނަކާއި، 52 ފިހާރައަކާއި، ސެލޫން އާއި ޖިމް ހިމެނޭހެން 15 ތަނަކާއި، މާރުކޭޓެކެވެ.

އެޗްޕީއޭގެ އުސޫލުތަކަށް ނުފެތޭތީ މިފަދަ ތަންތަން ބަންދުކޮށްފައިވާއިރު، އެ އެޖެންސީން ދެން އެންމެ އަވަހަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅާފައިވޭތޯ ބަލަން އިންސްޕެކްޝަން ފަށާނީ އޮފީސްތަކުގައިކަމަށް ބުނެފައެވެ. އެޗްޕީއޭއިން މި ފިޔަވަޅުއަޅަން ނިންމާފައިވަނީ، ފަހަކަށް އައިސް އޮފީސް މާހައުލުން ގިނަބަޔަކު ޕޮޒިޓިވްވަމުން އަންނާތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: