ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ކޮންޓްރޯލް ކުރުމަކީ ސަރުކާރަށް އެކަނި ކުރެވޭނެ ކަމެއް ނޫން: ޑރ. ޖަމްޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަކީ ސަރުކާރަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ހެލްތު މިނިސްޓަރު ކަން ކުރެއްވި ޑރ. އަހުމަދު ޖަމްޝީދު ވިދާޅުވެއްޖެ އެވެ.

ޖަމްޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އާއި އެނޫންވެސް ބާރަށް ފެތުރެމުންދާ ބަލިތައް ސަރުކާރަށް އެކަނި ކޮންޓްރޯލެއް ނުވާނެ ކަމަށެވެ.

ބަލި ކޮންޓްރޯލް ކުރުމުގެ ޒިންމާ ސަރުކާރާ އެއް މިންވަރަކަށް ފަރުދުންނާއި ޖަމިއްޔާ ޖަމާއަތްތަކަށް ވެސް އެބަ އޮތް ކަމަށް ޖަމްޝީދު ވިދާޅުވި ވިއެވެ.

ޖަމްޝީދު ވިދާޅުވީ އެންމެން އުޅުމާއި ދިރިއުޅުމުގެ އާންމު އާދަކާދަތައް އެސެސްކޮށް، ކޮންމެ މީހަކަށް އޮންނަ ދައުރު އަދާކޮށް، ބަލި ފެތުރެމުންދާ މިންވަރު ހިފަހައްޓަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ކޮވިޑް-19 އިގެ 3،950 ކޭސްއެއް މިހާތަނަށް ރާއްޖޭން ފެނިފައިވެ އެވެ. އޭގެ ތެރެއިން 2،613 މީހަކު ރަނގަޅު ކުރެވުނުއިރު، މިހާރު ފަރުވާ ދެމުން ދަނީ 1،305 މީހެކެވެ. މި ބަލީގައި ރާއްޖޭން މިހާތަނަށް 17 މީހަކު މަރުވެފައިވެ އެވެ.

ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދިން ފަހުން، ރާއްޖޭގައި ކޮވިޑް-19 ޖެހޭ ދިވެހިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: