ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮސްޓްރޭލިއާއިން 1.8 މިލިއަން ރުފިޔާގެ ޕީޕީއީ ރާއްޖެއަށް ހަދިޔާކޮށްފި

ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު. ފޮޓޯ: ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އޮސްޓްރޭލިއާއިން ރާއްޖެއަށް 1.8 މިލިއަން ދިވެހި ރުފިޔާގެ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ހަދިޔާކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ހާމަކުރިގޮތުގައި އޮސްޓްރޭލިއާގެ ސަރުކާރުން ހަދިޔާކުރި މި ތަކެތި ހަވާލުކުރީ ހުސްވި ޖުލައިމަހުގެ 28 ވަނަ ދުވަހުގައެވެ. އެ ދުވަހުގައި ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި ހުންނަ އޮސްޓްރޭލިއާ ހައިކޮމިޝަންގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވާފައިވަނީ ރާއްޖެއާއި ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް ހޮލީއާއި އޮސްޓްރޭލިއާގެ ޑިފެންސް އެޑްވައިޒަރ، ގްރޫޕް ކެޕްޓަން ޝޯން އަންވިންކަމަށް ފޮރިސް މިނިސްޓްރީން ބުނެއެވެ.

މި ގޮތުން މި ތަކެއްޗާއި ހަވާލުވެވަޑައިގަތީ ކޮޅުނބުގައި ހުންނަވާ ދިވެހި ސަފީރު ޢުމަރު ޢަބްދުއްރައްޒާޤުއާއި ޑިފެންސް އެޑްވައިޒަރ ލޓ. ކލ. އިސްމާއިލް ނަސީރުކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ހާމަކުރިގޮތުގައި އޮސްޓްރޭލިއާއިން ހަދިޔާކުރި ތަކެތީގެތެރޭގައި 12 ހާސް އޯވަރއޯލް އާއި، 2 ލައްކަ އަންގި ހިމެނެއެވެ.

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް މި ތަކެތި ހަދިޔާކުރުމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ އިތުރުން ސަފީރުޢުމަރު ޢަބްދުއްރައްޒާޤު ވަނީ އެ ޤައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: