ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯންޗު ރޯކޮށްލި މައްސަލައިގައި ލަޠީފްއާއި އިނާސްގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާކޮށްފި

ޕީޖީ ޙުސެއިން ޝަމީމް. ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ލ.ގަމު ތުނޑީ އަވަށުގެ ބަނދަރުގައި އަޅާފައި އޮތް ފުލުހުންގެ 34 ނަންބަރު ލޯންޗުގައި އަލިފާން ރޯކޮށްލި މައްސަލައިގައި ތުހުމަތުކުރެވޭ 02 މީހުންގެ މައްޗަށް ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

މި ކަމާއި ގުޅިގެން ޕްރޮސކިއުޓަރ ޖެނެރަލް އޮފީހުން ބުނީ މި އަހަރުގެ މާޗު މަހުގެ 22 ވަނަދުވަހު ލ.ގަން ތުނޑީ އަވަށުގެ ބަނދަރުގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗުގައި ގަސްތުގައި އަލިފާން ރޯކޮށްލި މައްސަލައިގައި ލ.ގަން ތުނޑި/ކަޅައިދޫ ފިނިހިޔާގޭ މޫސާ އިނާސްއާއި ލ.ގަން ތުނޑި/ލަވްސައިޑް ޢަބްދުއްލަތީފް އިބްރާހިމްގެ މައްޗަށް ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މި ގޮތުން މި ދަޢުވާ އެ ދެ މީހުންގެ މައްޗަށް ސާބިތުވެއްޖެނަމަ 20 އަހަރާއި 25 އަހަރާއި ދެމެދުގެ ޙުކުމެއް އަންނާނެއެވެ.

މި މައްސަލައިގައި ޢަބްދުއްލަޠީފް ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު އޭނާ ގެންގުޅުނު ހާޑް ޑިސްކަކުންވަނީ، ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ “ޖަބްހަތުއް ނުސްރާ” އާއި، “އަލް ޤައިދާ” އަށް ތާއިދުކުރާކަން ހާމަކޮށްދޭ ލިޔުންތައް ފެނިފައެވެ. އަދި މޫސާ އިނާސްގެ ގެ ބަލައި ފާސްކުރިއިރު، ލެޕްޓޮޕެއްގެ ހާޑް ޑިސްކްގައި، އައިސިސްއާއި، އަލްޤައިދާއަށް ތާޢީދުކުރާކަން ހާމަކޮށްދޭ ލިޔުންތަކާއި، ވީޑިއޯ ފެނިފައިވާކަމަށް ވެސް މީގެކުރިން ޕީޖީން ވަނީ ހާމަކޮށްފައެވެ.

މި ގޮތުން ޕީޖީ އޮފީހުންވަނީ އެ ދެމީހުންގެ މައްޗަށްވަނީ ޓެރަރިޒަމްއަށް ތާއީދުކުރާފަދަ ލިޔުމެއް ނުވަތަ ފޮޓޯއެއް ނުވަތަ ކުރެހުމެއް ގެންގުޅުނުކަމުގެ ކުށުގެ ދަޢުވާ މި މަހުގެ 29 ވަނަ ދުވަހުގައި ކްރިިމިނަލް ކޯޓަށް ހުށަހަޅާފައެވެ.

މީގެ އިތުރުން މި މައްސަލައިގައި ހެކި ނައްތައިލިކަމުގެ ކުށް ސާބިތުވެ މި ހުސްވިމަހުގެ 06 ދުވަހުގައި ލ.ގަމު މެޖިސްޓްރޭޓް ކޯޓުންވަނީ 1 އަހަރާއި، 12 ދުވަހުގެ މުއްދަތަށް ލަތީފް ޖަލަށްލުމަށް ވެސް ޙުކުމްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: