ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ދުވަސްވަރު ނިޔާވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން އަވަސްކޮށް އަވަހަށް ވަޅުލުމަށް އަންގައިފި

ހުޅުމާލޭ ސަހަރާ. ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ދުވަސްވަރު ނިޔާވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ވީ އެންމެ އަވަހަކަށް ނިންމައި ނިޔާވި މީހާ އަވަހަށް ވަޅުލުމަށް އަންގައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ ކޮވިޑް-19 ފެތުރުން ކުރިއަށްވުރެ މާ ބޮޑަށް އިތުރުވެފައިވާތީ، އެންމެންގެ ރައްކާތެރިކަމަށްޓަކައި، މި ދުވަސްވަރު ނިޔާވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ވީ އެންމެ އަވަހަކަށް ނިންމައި ނިޔާވި މީހާ އަވަހަށް ވަޅުލުމަށް ޢާއިލާގެ ފަރާތުން އިސްކަންދޭންވާނެ ކަމަށެވެ.
އަދި ޖަމާޢަތްތެރިން ވެސް އެގޮތަށް އެކަން ކުރަމުންދާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި މައްޔިތާ އާސަހަރާއަށް ގެނައުމަށްފަހު ހިނަވާގޭގައި މައްޔިތާ ބޭއްވޭނީ އެންމެ ގިނަވެގެން 3 ގަޑި އިރުގެ މުހުލަތަކަށެވެ.

މާލޭ ސިޓީ ކައުންސިލުން ހާމަކުރިގޮތުގައި މާލެ ސަރަހައްދުގެ މިސްކިތްތަކުގެ ތެރެއިން، ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ “މަސްޖިދުއް ތަޢާވުނި” (އާސަހަރާ މިސްކިތް) ގައެވެ. ނަމަވެސް
ކޮޑިވް-19 އިގައި ނިޔާވާ މީހުންގެ ކަށުނަމާދު ކުރާނީ ހުޅުމާލެ ސަހަރާގައިކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުން ބުނީ އާސަހަރާ މިސްކިތު ގައި ކަށުނަމާދު ކުރެވޭނީ ފަރުޟު ނަމާދުގެ ޖަމާޢަތާއި ދިމާނުވާގޮތަށާއި ނަމާދަށް ބަންގި ގޮވާ ވަގުތުން ފެށިގެން ބައިގަޑިއިރު ފަހުން ކަމަށެވެ.

ހަމައެއާއެކު ކަށުނަމާދުގެ ޖަމާޢަތުގައި މީހުން ތިބެންވާނީ ދެމީހުންގެ ދޭތެރޭގައި ހުސްޖާގައެއް އޮންނަ ގޮތަށްކަމަށް ވެސް ސިޓީ ކައުންސިލުން ބުނެއެވެ. އަދި މައްޔިތާގެ ޖަނާޒާގައި ބައިވެރިވުމަށް ޒިޔާރަތް ކުރާ މީހުން ހިނަވާގެ އެތެރެއާއި ސަހަރާގެ ގޯތިތެރޭގައި އުޅޭ ވަގުތުތަކުގައި އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމަށާއި އެޗްޕީ.އޭ ގެ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް ސިޓީ ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: