ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްރުން އެޕާޓްމަންޓަކަށް ވަދެ އުޅުނު މީހަކު ތަޙުޤީޤަށް ހޯދަނީ

ފޮޓޯ:ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މީހުން ދިރިއުޅޭ އެޕާޓްމަންޓަކަށް ހުއްދަ ނުހޯދާ ސިއްރުން ވަދެއުޅުނު މައްސަލައެއްގެ ތަޙުޤީޤަށް މީހަކު ހާޒިރުވުމަށް އިޢުލާނުކޮށްފިއެވެ.

އާދިއްތަ ދުވަހުގެރޭ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުޤީޤު ކުރަމުންދާ މައްސަލައެއްގެ ތަހުޤީޤަށް މީހަކު ހާޒިރުކުރުމަށް ބޭނުންވާކަމަށެވެ.

ނަމަވެސް އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާކަމަށް ވެސް ފުލުހުން ބުނެއެވެ.

އެހެންކަމުން ޖިނާޢީ މައްސަލަތައް ތަހުޤީޤުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުޤީޤަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގައި އިއުލާނުކޮށްފައެވެ.

މި ގޮތުން މީހުން ދިރިއުޅޭ އެޕާޓްމަންޓަކަށް ހުއްދަ ނުހޯދާ ސިއްރުން ވަދެއުޅުނު މައްސަލައަކާއި ގުޅިގެން ސުވާލުކުރުމަށް ފުލުހުން އަންގައި އިޢުލާނުކުރީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމް.ޑީ ޒާކިރު ހުސައިނަށެވެ.

ފުލުހުން ބުނިގޮތުގައި މި މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް އެމް.ޑީ ޒާކިރު ހުސައިން ފުލުހަށް ހާޒިރުވާން ޖެހޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: