ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓްތައް ވަރޗުއަލްކޮށް ބަލައިލެވޭނެ އިންތިޒާމް ހަމަޖައްސަނީ

ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޢިމާރާތްކޮށްފައިވާ ހިޔާ ފުލެޓްތައް ވަރޗުއަލްކޮށް ބެލޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ބުނީ މާލެ ސަރަހައްދުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހިޔާ ފުލެޓް ބެލުމަށް ޢާންމުން ގެންދިއުމަށް ނިންމި ނިންމުމަށް ބަދަލުގެނެސްފައިވާ ކަމަށެވެ.

މި ގޮތުން އެ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް ފްލެޓްތައް ވަރޗުއަލްކޮށް ބަލައިލެވޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޤާއިމުކޮށްފައިވާ ހިޔާ ބަލައިލަން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމަށް ފުރުސަތު ހުޅުވާލާފައިވަނީ ޖުލައިމަހުގެ 09 ވަނަ ދުވަހުއެވެ.

މި ގޮތުން ޢާންމުންނަށް އެ ފުރުސަތުދޭން ސަރުކާރުން ނިންމީ ފުލެޓުގެ އެޕާޓްމަންޓްތައް ކުޑަކަމަށާއި ޢިމާރާތްކުރުމުގައާއި ޑިޒައިންކުރުމުގައި އެތައް މައްސަލައެއް ހުރިކަމަށް ކަމާ ބެހޭ ފަރާތްތަކުން ފާހަގަކޮށްފައިވަނިކޮށެވެ. އަދި ރައްޔިތުންގެތެރެއިން ގިނަބަޔަކު ވެސް އެކަމާ ފާޑުކިޔަމުންދިޔަ ދަނޑިވަޅެއްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: