ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ހިއްސާދާރުން ތަމްސީލްކުރުމަށް ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޓީސީސީން މިއަދު ނެރުނު އިޢުލާނެއްގައި ބުނީ، އެ ކުންފުނީގެ ހިންގާ ޤަވާއިދުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކުންފުނީގެ މިހާރުގެ ހިއްސާގެ ނިސްބަތަށްބަލާ ޑިރެކްޓަރުންގެ ބޯޑަށް އަމިއްލަ ހިއްސާދާރުންގެތެރެއިން 2 ޑިރެކްޓަރުން އިންތިޚާބު ކުރަންޖެހޭކަމަށެވެ.

މި ގޮތުން މި 2 ޑިރެކްޓަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވަނީ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައިކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ހާމަކުރިގޮތުގައި ބޯޑު ޑިރެކްޓަރުކަމުގެ މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ، އެ ކުންފުނީގެ ހިންގާ ޤަވާއިދުގެ 73 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ވާންޖެހެއެވެ.

އޭގެ އިތުރުން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕޮރޭޓް ގަވަރނަންސް ކޯޑުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާންޖެހޭނެ ކަމަށާއި އެ އޮތޯރިޓީގެ ”ފިޓް އެންޑް ޕްރޮޕަރ މިންގަނޑުތަކުގެ ގައިޑްލައިން“އަށް ފެތޭ ފަރާތްތަކަށް ވާންޖެހޭކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީގެ ހިންގާ ޤަވާއިދުގެ 73 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާގޮތުން ޑިރެކްޓަރުންގެ މަޤާމަށް އެދި ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެތެރޭގައި ކުންފުނީގެ އަސާސީ ޤަވާއިދުގައި ހުރި މަޤްސަދުތައް ފުރިހަމަކުރުމަށްޓަކައި ކުންފުނީގެ ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ތަޖުރިބާ ލިބިފައިވާ މީހަކަށްވާން ޖެހެއެވެ. އަދި އެއްވެސް ޤާނޫނަކުން ނުވަތަ ކޯޓަކުން ޑިރެކްޓަރެއްގެ މަޤާމު އަދާކުރުން މަނާކުރެވިފައިވާ ނުވަތަ ޕަބްލިކް ކުންފުންޏެއްގެ ޑިރެކްޓަރެއްގެ މަޤާމުގައި ޑިސްކޮލިފައި ކުރެވިފައިވާ މީހަކަށް ނުވުން ވެސް ހިމެނެއެވެ.

އޭގެ އިތުރުން ދިވެހިރާއްޖޭގައި ނުވަތަ އެހެނިހެން ޤައުމެއްގައި އިފްލާސް ކުރެވިފައިނުވުމާއި ސާބިތު ދަރަންޏެއް ނެތުމާއި އެމްޓީސީސީގެ ޙިއްސާދާރެއް ކަމުގައިވުމުގެ އިތުރުން ތަޢުލީމީ ފަރާތަކަށްވާން ޖެހެއެވެ.

ހަމައެއާއެކު ވައްކަމާއި މަކަރާއި ހީލަތް ހެދުމުން ދުރުވެ ފައިސާއަށް ޚިޔާނާތްނުވުމާއި ފައިސާ ގެންގުޅުމުގައި ނޭދެވޭ ގޮތްގޮތަށް އަމަލުނުކުރުން ހިމެނެއެވެ. އަދި ރިޝްވަތުހިފުން ނުވަތަ އެނޫންވެސް މައްސަލައެއް ސާބިތުނުވުމަކީ ވެސް ޑިރެކްޓަރަށް ކުރިމަތިލާ ފަރާތުގައި ހުންނަންޖެހޭ ޝަރުތެކެވެ. އަދި ހަމައެހެންމެ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން 2 ކުންފުންޏަށްވުރެ އިތުރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ފަރާތަކަށް ވެގެންނުވާނެ ކަަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އެމްޓީސީސީން ހާމަކުރިގޮތުގައި ޑިރެކްޓަރގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، ”އެމްޓީސީސީގެ ޢާންމު ހިއްސާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް“ ފުރިހަމަކުރުމަށްފަހު މި ހިނގާ މަހުގެ 30 ވަނަ ދުވަހުގެ 16:00 ގެ ކުރިން ހުށަހަޅަން ޖެހޭނެއެވެ. މި ގޮތުން ފޯމު ހުށަހަޅާނީ އެ ކުންފުނީގެ ހެޑް އޮފީހަށް ނުވަތަ
companysecretary@mtcc.com.mv އީ-މެއިލް ކޮށްގެންކަމަށް އެމްޓީސީސީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: