ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަން ކަމާއި ހައްގުތައް ނަގަހައްޓައި ދެމެހެއްޓުމަކީ ހެޔޮއެދިގެން އެއިރެއްގައި ގާއިމް ކުރެވިފައިވާ ސަރުކާރުކާރަކުން ކުރަން ޖެހޭ ކަމެއް ކަމަށް ބަންޑާރަނައިބް އިބްރާހިމް ރިފްޢަތު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގައި މިހާރު އަމަލު ކުރަމުން މިދާ ފެހި ގާނޫނުއަސާސީއަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި ބަންޑާރަނައިބް ކުރެއްވި ޓުވިޓުގައި ވިދާޅުވީ ޙައްޤުތަކާއި މިނިވަންކަން ހޯދުމަކީ ނޭވާލާ ބީދައިން ކުރަންޖެހޭ ކަމެއް ކަމަށެވެ.
އެގޮތުން ޙައްޤުތަކާއި މިނިވަންކަން ނަގަހައްޓައި،ދެމެހެއްޓުމަކީ އެއިރަކު އޮންނަ ވެރިކަން ހިންގާ ބާރާއި ޤާނޫނު ހަދާ ބާރާއި ޢަދުލު އިންޞާފު ޤާއިމުކުރާ ބާރުގެ ހެޔޮކަމުންކުރާ ކަމަކަށްވުރެ،ހެޔޮ އެދިގެން ކުރަންޖެހޭ ކަމެއް ކަމަށް ބަންޑާރަނައިބް ރިފްޢަތު ވިދާޅުވިއެވެ.
https://twitter.com/ibriffath/status/1291712335741034498
ގާނޫނުއަސާސީއަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި ރިފްޢަތު ކުރެއްވި ޓުވުޓާއިއެކު ފޮޓޯއެއް ވެސް ޕޯސްޓް ކުރައްވާފައެވެ. އެ ފޮޓޯއަކީ އޭރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަށް ގާނޫނުއަސާސީ އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ރިފްޢަތުއާއި އަދި އެހެން ވެސް ގާނޫނީ ބައެއް ވަކީލުން ގާނޫނުއަސާސގީ ބޮޑު ފޮތެއްގެ ސިފައިގައި ޗާޕްކޮށްގެން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާ މަންޒަރު ފެންނަ ފޮޓޯއެކެވެ.

