ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުން ކޮންމެހެން ފަރުވާ ހޯދަންޖެހޭ އިތުރު ބެޗެއް އާސަންދައިގެ ދަށުން އިންޑިއާއަށް!

ބޭރުން ކޮންމެހެން ފަރުވާ ހޯދަންޖެހޭ އިތުރު ބެޗެއް އާސަންދައިގެ ދަށުން އިންޑިއާއަށް ފުރުވާލުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ފަރުވާ ކުރެވެން ނެތް ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ތެރެއިން، ކޮންމެހެން ވެސް މިވަގުތު ބޭސްފަރުވާ ބޭނުންވާ މީހުން ރާއްޖެއިން ބޭރަށް ފުރުވާލުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިތުރު ބެޗެއް މިއަދު ފުރުވާލާފައިވާކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ދާ ހަތަރުވަނަ ބެޗު އިންޑިއާއަށް ފުރާފައިވާތީ އެކަމުގެ މައުލޫމާތުތައް ހިއްސާކޮށް އާސަންދަ ކުންފުނިން ބުނެފައިވަނީ ސަރުކާރާއި އިންޑިއާގެ ސަރުކާރާއި އެކު ވެފައިވާ މަޝްވަރާތަކުގެ ދަށުން ފަރުވާއަށް މިއަދު ފުރާފައިވަނީ 50 މީހުން ކަމަށެވެ.

އާސަންދައިން ބުނެފައިވަނީ މިއަދުގެ އިރުއޮއްސުނުހާއިރު ފުރި އެ އެންމެން ވެސް ފުރާފައިވަނީ އިންޑިއާގެ ޕަބްލިކް ހެލްތް ގައިޑްލައިނާއި އެއްގޮތަށް ކޮވިޑަށް ޓެސްޓުކުރުމަށްފަހު ބައްޔައް ނެގެޓިވްވުމުން ކަމަށެވެ. އަދި އިންޑިއާއިން ވެސް އެ މީހުން ބައްޔަށް ޓެސްޓު ކުރާނެކަމަށް އާސަންދައިން ވަނީ ބުނެފައެވެ.

އާސަންދަ ކުންފުނިން ބުނެފައިވަނީ އިންޑިއާއަށް ދިޔަ ދިވެހިން އެ ގައުމުގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަ ކުރަންޖެހޭނެ ކަމަށެވެ. އަދި ކޮވިޑަށް ޓެސްޓުކުރާނީ އެއަށްފަހު ކަމަށް ވަނީ ބުނެފައެވެ.

އާސަންދައިން ބުނެފައިވަނީ މިއަދު ފުރި މީހުންގެ ތެރޭގައި ހިމެނެނީ 21 ބަލި މީހުން ކަމަށެވެ. އަދި މީގެ ތެރެއިން 09 މީހެއްގެ ފަރުވާގެ ކަންކަން ހަމަޖެހިފައިވަނީ އެއިމްސް ހޮސްޕިޓަލުގައި ކަމަށެވެ. އަދި އަނެއް 12 މީހުންގެ ފަރުވާ ހަމަޖެހިފައިވަނީ ކިމްސް ހޮސްޕިޓަލްއިން ކަމަށެވެ. މީގެ އިތުރުން ބަލި މީހުންނާއި އެ މީހުންގެ އެހީތެރިން ވެސް އެކުގައި ކަރަންޓީނުވާނީ ފަރުވާ ހަމަޖެހިފައިވާ ހޮސްޕިޓަލުގައިކަން އާސަންދައިން ވަނީ ފާހަގަކޮށްފައެވެ. އަދި މި މުއްދަތުގައި ވެސް އެ މީހުންގެ ފަރުވާ ކުރިޔަށް ގެންދާނެކަމަށް އާސަންދައިން ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: