ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 6 ސެޕްޓެމްބަރުގެ ނިޔަލަށް އިތުރުކޮށްފި

ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 6 ސެޕްޓެމްބަރުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައިފިއެވެ.

ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ސޮއިކުރައްވައި ހުކުރުދުވަހުގެ ރޭ ޢާންމުކުރެއްވި ކުރެއްވި ޤަރާރުގައިވަނީ ކޮވިޑް-19 ފެތުރުން އިތުރުވަމުން ދާތީ ޢާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 06 ސެޕްޓެމްބަރުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމަވާފައިވާކަމަށެވެ.

އަދި މިކަން މި ގޮތަށް ނިންމެވީ ކޮވިޑް-19އިގެ ނުރައްކާތެރިކަން ކުޑަކުރުމަށާއި ޢާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާ އަރުވާފައިވާތީކަމަށް ވެސް މިނިސްޓަރު އަމީން ސޮއިކުރައްވާ ނެރުއްވި ޤަރާރުގައި ބުނެފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިއުލާންކުރީ ވޭތުވެދިޔަ މާޗް މަހުގެ 12 ވަނަދުވަހުގައެވެ.

ނަމަވެސް ކޮވިޑްގެ ނުރައްކާތެރިކަން އިތުުވެފައިވާތީ އެކި ފަހަރުމަތިން ވަނީ މުއްދަތު އިތުރުކޮށްފައެވެ.

މި ގޮތުން އެންމެ ފަހުން އިތުރުކުރި މުއްދަތު ހަމަވާނީ މި މަހުގެ 07 ވަނަ ދުވަހާއި ހަމައަށެވެ.

ކޮވިޑް-19 އިގެ ނުރައްކާތެރިކަން އިތުރުވެފައިވާއިރު ވޭތުވެދިޔަ 24 ގަޑިއިރުގައިވެސް ވަނީ އިތުރު 89 މީހަކު ޕޮޒިޓިވްވެފައެވެ.

މި ގޮތުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް މީހުންގެ އަދަދު މިހާރު ވަނީ 4769 އަށް އިތުރުވެފައެވެ. މީގެ އިތުރުން މި ބަލީގައި މިހާތަނަށް 19 މީހަކު ވަނީ ނިޔާވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: