ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާލާކޮށްފައިވާ ފާނައަށް ނީލަން ކިޔުމުގެފުރުސަތު ހުޅުވާލައިފި

ފިޝަރީޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޒަހާ ވަހީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަރލްޑް ބޭންކުގެ ހިލޭ އެހީގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ހިންގާ [ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ] ދަށުން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް މޫދުކޮށީގައި ބޮޑުކޮށްފައިވާ ފާނަ ނީލަމުން ގަތުމުގެފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މައުލޫމާތުދޭ ގޮތުގައި  އދ. މަހިބަދޫ، އޮމަދޫ، ދިގުރަށް އަދި ދަނގެއްޗަށް އަމާޒުކޮށްގެން، މޫދުކޮށީގައި ފާނަ ބޮޑުކުރުމުގެ މަސައްކަތްތަކެއް 2020 ޖަނަވަރީން ފެށިގެން ކުރިއަށް ގެންދެއެވެ. މިގޮތުން އދ. މަހިބަދޫން މިމަސައްކަތަށް ހޮވާލެވުނު ހަތް ގޭބިސީގެ ތެރެއިން ކޮންމެ ގޭބިސީއަކަށް 1000 (އެއްހާސް) ކުދި ފާނައާއި، ފާނަ ކޮށްޓާއި، މަސްކާނާގެ އިތުރުން ފާނަ ބޮޑުކުރުމަށް ބޭނުންވާ ތަމްރީނު ދީގެން މިހާރުވަނީ 3،353 (ތިންހާސް ތިންސަތޭކަ ފަންސާސް ތިނެއް) ފާނަ  މާކެޓް ސައިޒަށް (އެވްރެޖް ބަރުދަނުގައި 400 ގްރާމަށްވުރެ ބޮޑު)  ބޮޑުކުރެވިފައެވެ.

މިއީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ޞިނާޢަތެއް ގާއިމުކުރުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ވުމާއިއެކު، މިސިނާއަތުގައި ބައިވެރިވުމުގެ ފުރުސަތު ވިހާވެސް ގިނަ ބަޔަކަށް ފަހިކޮށްދިނުމަށްޓަކައި  މޫދުކޮށީގައި އާލާކޮށްފައިވާ ފާނަ ނީލަން ކިއުމަށް ވަނީ ނިންމާފައެވެ.  

ފިޝަރީން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ނީލަން ފެށޭ އަގަކީ ފާނައަކަށް -/100 ރ (ސަތޭކަ ރުފިޔާ)އެވެ. ނީލަމަށް ފަހަރަކު އިތުރުކުރެވޭނޭ އެންމެ ކުޑަ އަގަކީ -/5ރ (ފަސްރުފިޔާ)އެވެ. އަދި ނީލަމަށް ފަހަރަކު އިތުރުކުރެވޭނޭ އެންމެ މަތީ އަގަކީ -/10 (ދިހަރުފިޔާ)އެވެ. ނީލަމުގެ ޖުމްލަ އަންދާސީ އަގަކީ،ފާނައަކަށް ހުށަހަޅާ އަގުގެ ނިސްބަތުން، ކޮށިތަކުގައި މާކެޓް ސައިޒަށް ބޮޑުވެފައި ހުރި ފާނައިގެ އަންދާސީ އަދަދަށްވާ ޖުމްލަ އަގު އަދަދެވެ. ވިއްކާލެވޭ ފާނައިގެ އެންމެ ފަހުގެ އަދަދު ކަނޑައެޅޭނީ ގަންނަ ފަރާތާއި ވިއްކާ ފަރާތުގެ ހާޒިރުގައި ފާނަ ގުނާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: