ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރިޖްގެ މަޝްރޫޢަށް އިންޑިއާއިން 500 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާކަމަށް ބުނުމުން ޙަޤީޤަތް އޮޅޭ: އުޝާމް

ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް. ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއާއި ވިލިމާލެއާއި ތިލަފުށްޓާއި ގުޅިފަޅު ގުޅުވައިލާ ބްރިޖުގެ މަޝްރޫޢުއަށް އިންޑިޔާއިން 500 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފައިވާކަމަށް ބުނުމުން ހަޤީޤަތް އޮޅޭކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ މާލެއާއި ވިލިމާލެއާއި ތިލަފުށްޓާއި ގުޅިފަޅު ގުޅުވައިލާ ބްރިޖުގެ މަޝްރޫޢުއަށް އިންޑިޔާއިން 500 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފައިވާކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފައިވާ ދަނޑިވަޅެއްގައެވެ.

މި ކަމާއި ގުޅިގެން އުޝާމްކުރި ޓްވީޓުގައި ވިދާޅުވީ އިންޑިއާއިން ދޭންނިންމާފައިވަނީ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއްކަމަށެވެ. އަދި އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ގްރާންޓް ކޮމްޕޯނަންޓް ކަމަށާއި 500 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް އިންޑިއާއިން ނިންމާފައިވާކަމަށް ބުނުމުން ހަޤީޤަތް އޮޅޭ ކަމަށެވެ.

މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫޢުކަމަށްވާ ބްރިޖްގެ މި މަޝްރޫޢުގައި 6.6 ކިލޯ މީޓަރުގެ ބްރިޖްތަކާއި ކޯޒްވޭތައް އަޅަން ހަމަޖެހިފައިވެއެވެ. ސަރުކާރުން ހާމަކުރާ ގޮތުގައި “ގްރޭޓަ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް”ގައި މި ރަށްތައް ގުޅައިލުމުން ރާއްޖޭގެ އިޤުތިޞާދަށް ނުހަނު ގިނަ މަންފާތަކެއް ކުރާނެއެވެ.

ސަރުކާރުން ހާމަކުރި ގޮތުގައި މި ބްރިޖުއަޅަން ހަވާލުކުރަން ނިންމާފައިވަނީ އިންޑިއާގެ ކުންފުންޏަކާއެވެ. ނަމަވެސް ބްރިޖްގެ ސާވޭގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ނެދަލެންޑްސްގެ ކުންފުންޏަކާއެވެ.

މި ބްރިޖު އަޅަން ހަވާލުކުރާ ގޮތަށް ނިންމާފައި ވަނީ ވެސް އިންޑިއާގެ ކުންފުންޏަކާ ކަން ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. ބްރިޖުގެ ސާވޭގެ މަސައްކަތް ހަވާލުކުރީ ނެދަލެންޑްސްގެ ކުންފުންޏަކާ އެވެ.

ބްރިޖު އެޅުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ. މި ގޮތުން ރާއްޖޭގެ އޮންލައިން ނޫހަކަށް މަޢުލޫމާތުދެމުން ކާށިދޫ ދާއިރާާގެ މެންބަރު ޢަބްދުﷲ ޖާބިރު ވަނީ ބްރިޖެއް އެޅުނީމަ ހިތްގައިމުވެފައި ފަސޭހަވެދާނެކަމަށާއި ނަމަވެސް ރާއްޖެއަށް ފަތުރުވެރިން ނާންނަކަމަށްވާނަމަ އިޤުތިޞާދަށް ފައިދާވާނެތޯ ސުވާލު އުފައްދަވާފައެވެ. އަދ ލޯނު ނަގައިގެން އިޤުތިސާދަށް ރަނގަޅު ކަމެއް ކުރަންވީނޫންތޯއޭ ވިދާޅުވެ ޖާބިރު ވަނީ ސަރުކާރަށް ސުވާލު އަމާޒުކުރައްވާފައެވެ. އަދި ރައްޔިތުންނަށް ފައިދާވާނީ އެ ގޮތުންކަމަށް ވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫޢާއި ގުޅިގެން ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް ވިދާޅުވީ މި ވަގުތު ބްރިޖު އެޅުމަށްވުރެ މުހިންމީ ރައްޔިތުންގެ މުސާރަކޮޅު ހަމަޖެއްސުންކަމަށެވެ. އަދި ވަޒީފާ ގެއްލޭ ޢާއިލާތަކަށް އެހީތެރިވުންކަމަށާއި ބުރަ މަސައްކަތްކުރަމުން އަންނަ އެތައް ބަޔަކު ހާލުގައިޖެހި މަގުމަތިވުމަކީ މުޅި ޤައުމަށް ލިބޭނެ ގެއްލުމެއްކަމަށް ވެސް ޑރ.ޖަމީލް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: