ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ފައްޔާޒް އަށް: “މި ޕާޓީ ތެރޭގައި ބްރޯ ހެދެން ނޫޅޭ”

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އަދި އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް : ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ވަޒީރު ކަމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާ މި ދަނޑިވަޅުގައި އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް އެމްޑީޕީ ތެރޭގައި “ބްރޯ ހެދިގެން ” ނޫޅުއްވުމަށް ވިދާޅުވެ ރައީސް ނަޝީދު ފައްޔާޒަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފިއެވެ. 

ރައީސް ނަޝީދު މިނިސްޓަރ ފައްޔާޒަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އަޕް ގްރޫޕްގައި ވިދާޅުވީ ފައްޔާޒް ގެ އިތުބާރުނެތް ކަމަށް 30 މެންބަރުން ސޮއިކުރެއްވުމުން ދެން ދިމާކުރާންވީ އެ މެންބަރުންނާއި ނޫންކަމަށާއި ފައްޔާޒްގެ އިތުރުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އުޅުއްވާ މެމްބަރުންގެ ދިފާއުގައި  އެމަނިކުފާނު ނިކުމެ ވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ މިނިސްޓަރ ފައްޔާޒްއަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. 

އެގޮތުން ރައީސްނަޝީދު ވިދާޅުވީ މިހާރު ފެންނަމުންދާ މަންޒަރަކީ މިނިސްޓަރ ފައްޔާޒް “ބޮޑުކަން ދައްކައި ނުފޫޒްފޯރުވައިގެން ހުރިހައި ތަނަކަށް އަތްބާނާ މަންޒަރު ކަމަށެވެ. އަދި ނުފޫޒް ބޭނުން ކުރައްވައިގެން އެކިއެކި ފަރާތްތަކަށް މިނިސްޓަރ ފައްޔާޒް ކޮންޓްރެކްޓްތައް ދީ ހައްދަވާ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ. 

“ފަޔާ ވެސް މި ޕާޓީ ތެރޭ ބްރޯ ވެގެން އުޅެގެން ނުވާނެ. ނިޒާމުގެ ތެރޭގައި އުޅުއްވާ. މި ފެންނަނީ ފަޔާ މީހުންނަށް ބޮޑު ދައްކައި ނުފޫޒް ފޯރުވައި ކޮންޓްރެކްޓްދީ ހުރިހައި ތަނަކަށް އަތްލާ ތަން. އެހެނެއް މިކަމެއް ނުވާނެ.” ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ނަޝީދު ވަނީ މިނިސްޓަރ ފައްޔާޒް އިސްމާއީލް އިދިކޮޅު ޕީޕީއެމް މެދުވެރިކޮށް ކަންތައްތަކެއް ކުރައްވަން އުޅުއްވާ ކަމުގެ ތުހުމަތު ވެސް ކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މިނިސްޓަރ ފައްޔާޒް ވިދާޅުވެގެން ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ވާހަކަފުޅު ދެއްކެވީ “ނިޔާ” ނަމަކަށް ކިޔާ ބޭފުޅެކެވެ. އަދި  ޕީޕީއެމްގެ މީހުންނަށް ގުޅައިގެން “ގަތް ގަނޑު” މިނިސްޓަރ ފައްޔާޒްއަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އެހެން ކަމުން އެމަނިކުފާން މިހެން ވިދާޅުވުމުން މިނިސްޓަރ ފައްޔާޒް ޖެހޭ ބަޔަކާ ޖެހެންވީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ބެލެވޭ ގޮތުގައި ރައީސް ނަޝީދު އެ ވިދާޅުވާ ނިޔާ އަކީ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒްއެވެ. 

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕުގައި ރައީސް ނަޝީދު ކުރެއްވި ތުހުމަތުތަކަށް މިނިސްޓަރ ފައްޔާޒް ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން ރައީސް ނަޝީދު އެމަނިކުފާނާއި ބެހޭ ގޮތުން  ދައްކަވަނީ އެއްވެސް ހަގީގަތެއް ހުރި ވާހަކަތަކެއް ނޫން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ހަގީގަތާއި ހިލާފް ދޮގު ވާހަކަތައް ނުދެއްކެވުމަށް އިހުތިރާމާއިއެކު އެދިވަޑައިގަންނަވާ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. 

މީގެއިތުރުން މިނިސްޓަރ ފައްޔާޒް ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ސަބަބުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ކަމަކަށް އެކަން ވިޔަ ނުދެއްވުމަށް އާދޭހާއިއެކު އެދިވަދައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތަގުދީރުގައި ލިޔެވިފައި އޮތް ގޮތަކަށް ހިނގާ ނިމިދާނެކަމަށާއި އެމަނިކުފާނުގެ ދިފާއުގައި ހެޔޮބަސް ވިދާޅުވި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ވިދާޅުވީ ސިޔާސީގޮތުން އެބަޔަަކަށް އެވަގުތެއްގައި ކުރަންޖެހޭކަމަށް ފެންނަ ކަންކަން ކުރަންޖެހޭނެ ކަމަށާއި އެކަންކަމަށް ޖާގަ އޮންނަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.  

މީގެ އިތުރުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ މިހާރު ފެންނަމުންދާ މަންޒަރަކީ ރާއްޖޭގައި ޑިމޮކްރަސީއަށް ޖާގަ ލިބެމުންދާ މަންޒަރުކަމަށާއި މިއީ އެންމެން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށް ފާހަގަކުރެއްވިއެވެ. 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: