ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: އިތުރު 128 މީހުން ޕޮޒިޓިވްވެއްޖެ

ޑރ.ނަޒްލާ ރަފީޤް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެިން ކޮވިޑް-19 އަށް އިތުރު 128 މީހުން ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިހާރު ކުރިއަަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ރަފީޤް ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.

ޑރ.ނަޒްލާ ވިދާޅުވީ ކޮވިޑް-19 އަށް އިތުރަށް ޕޮޒިޓިވްވި 128 މީހުންނަކީ ބުދަދުވަހުގެ ހަވީރު 18:00 އިން ބުރާސްފަތި ދުވަހުގެ 18:00 އާއި ހަމައަށް ޕޮޒިޓިވްވެފައިވާ މީހުންކަމަށެވެ.

މި ގޮތުން އެންމެ ފަހުން ޕޮޒިޓިވްވެފައިވަނީ 83 ދިވެހިންނާއި ބަންގްލަދޭޝްގެ 35 މީހުންނާއި އިންޑިއާގެ 04 މީހުންނާއި ނޭޕާލުގެ 02 މީހުންނާއި ލަންކާގެ 04 މީހުންކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވިގޮތުގައި މި 128 ކޭސްގެ ތެރެއިން އެންމެ ކޭހެއް ފިޔަވައި ހުރިހައި ކޭސެސްތަކެއްވެސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

ޑރ.ނަޒްލާ ވިދާޅުވި ގޮތުގައި ބަލިޖެހުނު މީހުންގެތެރެއިން އިތުރު 36 މީހުންވަނީ ރަނގަޅުވެފައެވެ. އަދި މި ވަގުތު ފަރުވާދެމުން އަންނަނީ 2553 މީހުންނަށްކަމަށާއި އޭގެތެރެއިން 156 މީހަކަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުގައިކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 5494 އަށް އަރާފައެވެ. އަދި މިހާތަނަށް ރަނގަޅުވީ ޖުމްލަ 2920 މީހުންނެވެ. މީގެ އިތުރުން މި ބަލީގައި މިހާތަނަށް 21 މީހަކު ވަނީ ނިޔާވެފައެވެ.

ޑރ.ނަޒްލާ ހާމަކުރެއްވި ގޮތުގައި ނިޔާވެގެން ހޮސްޕިޓަލަށް ގެންދެވުނު މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ނަމަވެސް ޢުމުރުން 83 އަހަރުގެ އެ ދިވެހި ފިރިހެންމީހާ ނިޔާވީ ކޮވިޑްގެ ސަބަބުންކަމަށް އަދި ނުނިންމާކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. އެހެންކަމުން އަދި އެ މީހާއަކީ ކޮވިޑް-19 ޖެހިގެން ނިޔާވި މީހެއްތޯ ބަލައި އިތުރު ކަންކަން ބެލުމަށްފަހު ނިޔާވި މީހުންގެ ލިސްޓަށް އިތުރުކުރުމާމެދު ބަލަމުންދާނެކަމަށް ވެސް ޑރ.ނަޒްލާ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: