ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޖުތިމާޢީ ކޮމިޓީގައި ކުރީގެ ސިއްހީ ޚިދުމަތްތެރިން ދެއްކެވި ވާހަކަތަކަށް ޓެގުން ރައްދުދީފި

މިއަދު ބޭއްވި އިޖުތިމާޢީ ކޮމިޓީގެ ބައްދަލުވުމުގެތެރެއިން. ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތު މިނިސްޓްރީގައި މީގެކުރިން ޚިދުމަތްކުރެއްވި ޑޮކްޓަރުންތަކަކާއި ސިއްހީ މާހިރުން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި ދެއްކެވި ވާހަކަތަކަކީ ޙަޤީޤަތަށް ނުބައްލަވައި ދެއްކެވި ވާހަކަތަކެއްކަމަށް ބުނެ ކޮވިޑް-19 އާއި ގުޅިގެން އެކުލަވާލާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް(ޓެގް) އިން އެ ވާހަކަތަކަށް ރައްދުދީފިއެވެ.

ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީނުގެ އިތުރުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރާއި ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުންނާއި ޓެގުގެ މެންބަރުންނާއެކު މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ޑރ.ޢަލީ ލަޠީފް ވިދާޅުވީ ކުރީގެ ސިއްހީ ޚިދުމަތްތެރިން ވާހަކަދައްކަވާފައިވަނީ ޙަޤީޤަތަށް ބެއްލެވުމެއްނެތި ކަމަށެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރުމުގެ ބަދަލުގައި މިހާރު އެންމެ ބޮޑަށް ބަލަނީ ބަލިޖެހުމުން ފަރުވާކުރުމަށްކަމަށް ކުރީގެ ސިއްހީ ޚިދުމަތްތެރިން ވިދާޅުވި ވާހަކައަށް ރައްދުދެއްވަމުން ޑރ.ޢަލީ ލަޠީފު ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލްކުރުމުގައި އެންމެ ފުރަތަމަ ބަލަނީ ބަލި އަވަހަށް ހޯދައި ޑައިގްނޯޒްކޮށް ޓެސްޓުތައް ހެދުމަށްކަމަށް ވެސް ޑރ.ޢަލީ ލަޠީފް ވިދާޅުވިއެވެ.

ޑރ.ޢަލީ ލަޠީފް ވިދާޅުވީ ޓެގު ގައި ތިއްބެވީ ރާއްޖޭގެ ނިސްބަތުން ބަލާއިރު އެންމެ ކުޅަދާނަ އެންމެ ޤާބިލު ބޭފުޅުން ކަމަށެވެ. މި ގޮތުން ބަލާއިރު އިންފެކްޝަސް ޑިސީޒްގެ އެންމެ ސްޕެޝަލިސްޓުން ތިއްބެވީ ވެސް ޓެގްގައި ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ.ޢަލީ ލަޠީފް ވަނީ ޓެގު ޓީމަށް ނުފޫޒު ފޯރުވާކަމަށް ކުރީގެ ސިއްހީ ޚިދުމަތްތެރިން ދެއްކެވި ވާހަކައަށް ވެސް ރައްދުދެއްވާފައެވެ.

މި ގޮތުން ޑރ.ޢަލީ ލަޠީފް ވަނީ މަސައްކަތްކުރައްވަނީ މިނިވަން މާހައުލެއްގައި ކަމަށާއި ނުފޫޒު ފޯރުވާނަމަ އެ ތަނުގައި ނުތިއްބަވާނެކަމަށް ވެސް ވިދާޅުވެފައެވެ.

މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި ކުރީގެ ސިއްހީ ޚިދުމަތްތެރިން ވަނީ ރާއްޖޭގެ ސިއްހީ ނިޒާމުގައި ޢިމާރާތްތައް ކިތަންމެ ގިނަވިޔަސް ޚިދުމަތުގެ ފެންވަރު ރަނގަޅުނުވާކަމަށާއި ވަސީލަތުގެ ގޮތުން ސިއްހީ ދާއިރާ ކުރިނާރާކަމަށް ވިދާޅުވެފައެވެ. އަދި ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުންދާއިރު ސިއްހީ ދާއިރާ ދަނީ ފަހަތަށްކަމަށް ވެސް އެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: