ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާގެ މަތީ މަގާމުތަކުގައި ދިވެހިން ތިބުމަކީ ދެކޭ އެންމެ ބޮޑު ހުވަފެން: ޑރ. މައުސޫމް

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް/ ފޮޓޯ: ކްލިކް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް މަގާމުތަކުގައި ޒުވާނުންނާއި، ދިވެހި މޫނުތައް ތިބޭތަން ފެނުން އެއީ މި ސިނާއަތުގެ ކުރިއެރުމަށް ކުރާ އެންމެ ބޮޑު އެއް އުންމީދުކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މަތީ ތައުލީމް ފޯރުކޮށްދޭ ކޮލެޖެއްކަމަށް ވާ ކްލިކް ކޮލެޖަށް އަލަށް ތައާރަފްކުރި ޓޫރިޒަމް ހޮސްޕިޓާލިޓީ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވައި މައުސޫމް ވިދާޅުވީ ރާއްޖޭގެ ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވަނީ ދިވެހި މޫނުތަކެއް ކަމަށެވެ. އަދި އެންމެ ބޮޑު އެއް ހުވަފެނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މަތީ ފަންތީގެ މަގާމުތަކުގައި ދިވެހިން ތިބުން ކަމަށެވެ. ހާއްސަކޮށް ދުވާނުން މި ދާއިރާއިން ކުރިއަރުވާ، ކުރިޔަށް ދިއުމަށް އިތުރު މަގުތައް ހޯދައިދިނުމަކީ މުހިންމުކަމެއްގެ ގޮތުގައި މައުސޫމް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ ވަޒީރުކަމާއި ހަވާލުވެވަޑައިގެން ބައިވެރިވި އެންމެ ފުރަތަމަ ރަސްމިއްޔާތުގައި މައުސޫމް ވިދާޅުވެފައިވަނީ، ފަތުރުވެރިކަމުގެ ސިނާއަތުގެ ބޮޑެތި މަގާމުތަކާއި، ރިސޯޓުތަކުގެ އިސް މަގާމުތަކުގައި ބޭރު މީހުން ތިބުމަކީ، ދިވެހިން ކުރިޔަށް ދިއުމުގައި ދިމާވާ އެއް މައްސަލަގެ ގޮތުގައި ގަބޫލު ކުރައްވާ ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް މަގާމުތަކުގައި ޒުވާނުންނާއި، ދިވެހި މޫނުތައް ތިބޭތަން ފެނުން އެއީ މި ސިނާއަތުގެ ކުރިއެރުމަށް ކުރާ އެންމެ ބޮޑު އެއް އުންމީދުކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅިވީ ރާއްޖޭގެ ފަތުރުވެރިކަން މިއަދު އޮތް ހިސާބަށް ބަލާއިރު، ދިވެހި ޒުވާނުން މަތީ ފަންތިއާއި ހަމައަށް ގެނެސްދިނުމުގެ ތަމްރީނާއި، ތައުލީމުގެ ފުރުސަތުތައް މުހިންމު ކަމަށެވެ. އަދި އެކި އިންސްޓިއުޝަންތަކުން އެ ހުޅުވާލާ ފުރުސަތުގެ ބޭނުން ހިފުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

ޑރ. މައުސޫމް ވިދާޅުވީ ދިވެހިންނަކީ، ކެރޭ އަދި ހުނަރުވެރި ބައެއްކަމަށާއި، މުސްތަގުބަލުގައި ބޮޑެތި ރިސޯޓުތަކުގެ މެނޭޖަރުންނާއި، ސުޕަވައިޒަރުންގެ ގޮތުގައި ދިވެހިން އިތުރު ކުރެވޭނެކަމަށެވެ. އެހެން ކަމުން މި ދާއިރާ ކުރިއަރުވާ ދިވެހިން، ނެރުމަށްޓަކާ ރިސޯޓްސްތަކާއި، ހޮޓެލްސްތަކުގެ އެހީތައް ބޭނުންވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

 

ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ކްލިކްގެ ޕްރެޒިޑެންޓް ޑރ. ނައުޝާދު

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ކްލިކްގެ ޕްރެޒިޑެންޓް ޑރ. ނައުޝާދު މުހައްމަދު ވިދާޅުވީ ދިވެހިން މި ދާއިރާއަށް އަހުލުވެރިކޮށް، ދާއިރާގައި މަސައްކަތް ކުރާ ދިވެހިންގެ އަދަދުތައް އިތުރު ކުރުން އެއީ ރާއްޖޭގެ އިގްތިސޯދު އާލާ ކުރުމަށް ކުރިއަށް އެޅޭ ފިޔަވަޅުތަކެއް ކަމަށެވެ. ކޮލެޖުން ފަށާ ސީޓީއެޗް ޕްރޮގްރާމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާ  ގުޅުން ހުރި ޕްރޮގްރާމެއް ކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާއިން ކުރިޔަށް ދާން ބޭނުންވާ ޒުވާނުނަށް މިއީ ހުޅުވިގެންދާ ދޮރަކަށް ވެގެންދާނެކަމަށް ޑރ. ނައުޝާދު ވިދާޅުވިއެވެ.

މިފަށާ އިނގިރޭސިވިލާތުގެ ކޮންފެޑެރޭޝަން އޮފް ޓުއަރިޒަމް އެންޑް ހޮސްޕިޓޭލިޓީ ކޯހަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާ ވަރަށް ގުޅުން ހުރި ޕްރޮގްރާމެކެވެ. އަދި ސާނަވީ ތައުލީމް ނުވަތަ ގްރޭޑް 10 އެއް ނިންމާ ދަރިވަރުންނަށް ސީޓީއެޗްގެ ފައުންޑޭޝަން ޕްރޮގްރާމްގައި ބައިވެރިވެވޭނެއެވެ. އޭގެ އިތުރުން ހޮސްޕިޓާލިޓީ ދާއިރާއިން ސީޓީއެޗްގެ ޑިޕްލޮމާއިން ފެށިގެން ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ލިބޭނެކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން ވެސް ރިސޯޓް އަދި ގެސްޓްހައުސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މަސައްކަތް ކުރަމުން ކިޔެވޭނެ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ.

ސީޓީއެޗް ކޯސްތަކުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ކުރާ މަސައްކަތްތަކާ ގުޅުން ހުރި ކޯސްތައް ހިމެނެއެވެ. އޭގެ ތެރޭގައި މީހުން ބިނާ ކުރުން ނުވަތަ ހިއުމަން ރިސޯސް މެނޭޖްމެންޓް، ފްރަންޓް އޮފީސް، ފުޑް އެންޑް ބެވަރޭޖް ސުޕަވައިޒް ކުރުމާއި މެނޭޖް ކުރުމުގެ އިތުރުން ހޮސްޕިޓޭލިޓީ އޮޕަރޭޝަންސް، ރޫމްސް ޑިވިޝަން ސުޕަވައިޒް ކުރުމާއި މެނޭޖް ކުރުން ހިމެނެއެވެ. ޓޫރިސްޓް ރިސޯޓްތަކުގައްޔާއި ގެސްޓްހައުސްތަކުގައި މަސައްކަތް ކުރަމުންވެސް މި ކޯހުގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އަދި މާލޭ ކެމްޕަހުގައި ފޭސް ޓު ފޭސް ކޮށްވެސް ކިޔެވޭނެއެވެ. މީގެ އިތުރުން ކޯސްފީގެ އެއްބައި ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކަވާ ކުރެވޭނެއެވެ.

ކްލީކް ކޮލެޖުން ބުނީ، ސީޓީއެޗްގެ ކޯސްތަކުގައި އޯލެވެލް ނިންމުމަށް ފަހު ކިޔަވަން ފެށިދާނެ ކަމަށެވެ. އެއީ އޯ ލެވެލް ތިން ފާސްއާއެކު އެންމެ ފުރަތަމަ ލެވެލް ސީޓީއެޗް ފައުންޑޭޝަން ޑިޕްލޮމާ އިން ޓޫރިޒަމް އެންޑް ހޮސްޕިޓޭލިޓީއަށް ވަދެވޭނެއެވެ. އޯ ލެވެލް ފާސް ނެތް ދަރިވަރުން 18 އަހަރު ވުމާއެކު އެއް އަހަރުގެ ވާކް އެކްސް ޕީރިއަންސް ނުވަތަ މަސައްކަތުގެ ތަޖުރިބާއާއެކު ބައިވެރިވެވި ދާނެއެވެ. މަސައްކަތުގެ ތަޖުރިބާ ޓުއަރިޒަމް ދާއިރާ ނޫން ކަމުގައި ވިޔަސް ބަލައިގަނެއެވެ.

ސީޓީއެޗް ފައުންޑޭޝަން ޑިޕްލޮމާއަކީ އެއް އަހަރު ދުވަހުގެ ކޯހެކެވެ. އަދި އެއަށްފަހު ދެން ޑިގްރީގެ ފުރަތަމަ އަހަރުގެ ގޮތުގައި ބެލެވޭ ސީޓީއެޗް ޑިޕްލޮމާ އިން ހޮސްޕިޓޭލިޓީ މެނޭޖްމެންޓުގައި ބައިވެރިވެވިދާނެއެވެ. އަދި ސީޓީއެޗް އެޑްވާންސް ޑިޕްލޮމާ އަދި ޕްރޮފެޝަނަލް ޑިޕްލޮމާއަކީ ޑިގްރީގެ ދެވަނަ އަހަރާއި ތިންވަނަ އަހަރެވެ.

ސީޓީއެޗްގެ އެކި ލެވެލްތައް ނިންމުމަށްފަހު އިނގިރޭސިވިލާތުގެ ޔުނިވާސިޓީތަކުން ޓޫރިޒަމްގެ ދާއިރާއިން މަތީތައުލީމް ހާސިލް ކުރުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން ސީޓީއެޗް ޕްރޮގްރާމްތައް ގަބޫލުކުރާ ޔުނިވާސިޓީތަކުގެ ތެރޭގައި ޔުނިވާސިޓީ އޮފް ޑާބީގެ އިތުރުންވެސް ގިނަ ޔުނިވާސިޓީތަކެއް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: