ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ޖަލުން ލިބޭ ހިދުމަތްތައް އިތުރު ކުރުމާ ގުޅޭގޮތުން“ ވާހަކަ ދެއްކިކަމަށް ހޯމް މިނިސްޓްރީން ކުރި ޓްވީޓަކީ ދޮގެއް: އިދިކޮޅު

ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ހޯމް މިނިސްޓްރީގެ އިސް ބޭފުޅުންނާއި ބައްދަލު ކުރެއްވުމުގެ ތެރެއިން/ފޮޓޯ: ހޯމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަލުން ލިބޭ ހިދުމަތްތައް އިތުރު ކުރުމާ ގުޅޭގޮތުން ޕީޕީއެމް، ޕީއެންސީ ކޯލިޝަން ހޯމް މިނިސްޓްރީގެ އިސްވެރިންނާއި މަޝްވަރާކޮށްފައިވާ ކަމަށް ބުނެ އެ މިނިސްޓްރީން ކުރި ޓްވީޓްގައިވަނީ ދޮގު ވާހަކަތަކެއްކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ހޯމް މިނިސްޓްރީގެ އިސް ބޭފުޅުންނާއި ބައްދަލު ކުރައްވާފައިވަނީ އެމަނިކުފަނަށް ގާނޫނީ ޓީމާއި ބައްދަލު ނުކުރެވޭތީއެވެ. ކޮވިޑުގެ ހާލަތާއި އެކު ވަކީލުންގެ ބައްދަލުވުންތަކަށް ހުރަސްތަކެއް އައިއިރު، އިދިކޮޅުން ތުހުމަތު ކުރާ ގޮތުން އެ ބައްދަލުވުންތައް ބޭއްވުމަށް ފުރުސަތު ދީފައި ނުވަނީ ކޮވިޑުގެ ނަން ބޭނުންކޮށްގެންނެވެ. އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބުނެފައިވަނީ ރައީސް ޔާމީނަށް ގާނޫނު އަސާސީން ލިބިދީފައިވާ ވަކީލުންގެ ބައްދަލުވުންތަކަށް ހުރަސް އަޅަމުން ދަނީ މާޗު މަހުން ފެށިގެން ކަމަށެވެ.

މީގެ ކުރިން ޕީޕީއެމް، ޕީއެންސީން ބުނެފައިވަނީ ހައިކޯޓުގެ އެންގުމާއި އެއްގޮތަށް ބައްދަލުން ކުރިޔަށް ގެންދެވޭނެކަމަށް ކަރެކްޝަންސްއިން އެންގި ކަމަށެވެ. އެހެން ނަމަވެސް ކަރެކްޝަންސްގެ ސިޓީގައި ވާ ގޮތުގެ މަތީން ބައްދަލުވުންތައް ބޭއްވުމަށް ފުރުސަތު ދީފައި ނުވާ ކަމަށެވެ.

ނަމަވެސް އެކަން ކަރެކްޝްންސްއިން ދޮގު ކުރިއެވެ. އެ އިދާރާއިން ބަޔާނެއް ނެރެ ބުނެފައިވަނީ ވަކީލުންގެ ބައްދަލުވުންތަކާއި ބެހޭ މައުލޫމާތުތައް ރައީސް ޔާމީނަށާއި، އެ މަނިކުފާނުގެ ވަކީލުންނަށް ދީފައިވާނެ ކަމަށެވެ. އަދި މާލޭ ޖަލަށް ހުށަހެޅި ފޯމާއި ގުޅިގެން ވެސް އިރުޝާދުތަކެއް ދީފައިވާނެ ކަމަށް ކެރެކްޝަންސްއިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ގާނޫނީ ޓީމުން ނެރުނު އެ ބަޔާނަކީ މާލެ ޖަލުން ދީފައިވާ އިރުޝާދުތަކަށް އަމަލު ކުރުމެއް ނެތި ކަމަށެވެ.

ކަރެކްޝަންސްގެ ބަޔާން ދޮގުކޮށް، ގާނޫނީ ޓީމުން ބުނެފައިވަނީ ރައީސް ޔާމީނާއި ބައްދަލު ކުރުމަށް އެތައް ފަހަރެއްގެ މަތީން ފޯމު ހުށަހެޅި ކަމަށެވެ. އެހެން ނަމަވެސް ސީދާ ބައްދަލުވުންތަކުގެ ބަދަލުގައި، ހުއްދަ ދެވޭނީ ވީޑިއޯ ކޮންފަރެންސް ބައްދަލުވުމަކަށް ކަމަށް ކަރެކްޝަންސްއިން އެންގި ކަމަށެވެ. އޭގެ އިތުރުން އީމެއިލްކޮށް ފޯމެއް ހުށަހެޅިޔަސް، ސީދާ ގާތުން ބައްދަލު ކުރެވޭނެ ކަމަށް ބަޔާންކޮށް އެއްވެސް އިރުޝާދެއް ނުދޭ ކަމަށެވެ.

މައްސަލައިގައި އިދިކޮޅު ކޯލިޝަންގެ ލީޑަރުން ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ބައްދަލް ކުރައްވާފައެވެ. އެ ބައްދަލްވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު އާއި ބައްދަލުކޮށްފައެވެ. އަދި އިދިކޮޅުން ބައިވެރިވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި ޕީއެންސީގެ ޕީޖީ ލީޑަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ އިތުރުން މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ޕީޕީއެމްގެ ދެ ނާއިބް ރައީސުން ކަމަށްވާ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއުއެވެ.

 

 

https://twitter.com/ProgressPartyMV/status/1293889292427722752

ބައްދަލުވުމުގެ ފޮޓޯއެއް ޓްވީޓުކޮށް ހޯމް މިނިސްޓްރީއިން ބުނެފައިވަނީ އެ ބައްދަލުވުން ކުރިޔަށް ދަނީ މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ހުކުމެއް އިއްވާފައިވާ ރައީސް ޔާމީނަށް ޖަލުން ލިބޭ ހިދުމަތް އިތުރު ކުރުމަށް ކަމަށެވެ.

މިނިސްޓްރީގެ ޓްވީޓު ދޮގުކޮށް އިދިކޮޅުން ބަޔާނެއް ނެރެ ބުނެފައިވަނީ، ރައީސް ޔާމީނަށް ”ޖަލުން ލިބޭ ހިދުމަތްތައް އިތުރުކުރުމަށް“ ބައްދަލު ކުރިކަމަށް ބުނެ ހޯމް މިނިސްޓްރީން ކުރީ ހަގީގަތާއި ހިލާފު ޓްވީޓެއް ކަމަށެވެ. އަދި ދޮގު ހަބަރު ފަތުރާ ރައްޔިތުންނަށް އޮޅުވާލުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް ބަޔާނުގައި ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން އިދިކޮޅުން ބުނެފައިވަނީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާއި ބައްދަލު ކުރެވޭނެ އިންތިޒާމުތައް ހަމަނުޖެހި ތަފާތު ބަހަނާތައް ދައްކައިގެން ދިގު ދެންމުމުގެ ބަދަލުގައި ހައިކޯޓުގެ ފަނޑިޔާރުން އަމުރުކޮށްފައިވާ ގޮތަށާއި އަދި އެއީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 53 ވަނަ މާއްދާގެ (ހ) އިން ވެސް ކަށަވަރުކޮށްދޭ ހައްގެއް ކަމަށެވެ.

ވަކީލުންގެ ބައްދަލުވުން ނުލިބޭ މައްސަލައިގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު މި މައްސަލައިގައި ވިދާޅުވެފައިވަނީ އެންމެ ފަހުން ބޭއްވި އަޑުއެހުމަށް ފަހު ވަކީލުން ރައީސް ޔާމީނާއި ބައްދަލު ކުރައްވަން އެދުމުން އެކަން ހަމަޖައްސައިދެއްވާނެ ކަން އެންގި ކަމަށެވެ. އަދި އެކަން ލިޔުމުން ވެސް ވަކީލުންނަށް ދީފައިވާނެ ކަމަށް ވިދާޅުވިއެވެ.

މިދިޔަ  މަހުގެ 08 ވަނަ ދުވަހު ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަކީލުންނާއި ބައްދަލުނުވާކަމަށް ބުނެ ކަންބޮޑުވުންފާޅު ކުރެއްވީ ރައީސް ޔާމީނެވެ. މި ވޭތުވެ ދިޔަ މުއްދަތުގެ ތެރޭގައި، ދިމާވި ހާލަތްތަކުގެ ސަބަބުން ވަކީލުންނާއި ބައްދަލު ކުރުމަށް އެއްވެސް ފުރުސަތެއް ލިބިފައިނުވާކަމުގެ ކަންބޮޑުވުންފާޅު ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ވަކީލުންނާއި ބައްދަލުވަނީ 10 މިނެޓުގެ ފޯނު ކޯލަކުން ކަމަށެވެ. އަދި ވަކީލުންނާއި ސީދާ ބައްދަލުވެ އެ މަނިކުފާނު ވެސް ހިއްސާ ކުރަން ބޭނުންވާ ބައެއް ގާނޫނީ ކަންކަން ހިއްސާ ކުރުމަށް ފުރުސަތު ލިބިވަޑައި ނުގަންނަވާ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، 10 މިނެޓަކީ އެންމެ އެކަށީގެންވާ ވަގުތެއް ނޫން ކަމަށާއި، އެންމެ ފަރާތަކާއި ވާހަކަ ދެކެވޭއިރު އެކަކު އަނެކަކާއި ވާހަކަ ދެކެވުމުން އިހުސާސްތައް ބުނެދޭން ވެސް ފަސޭހަ ވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: