ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަގަންޖެހޭ ހުއްދަ ނުނަގައި މާލެއިން ފޭދޫއަށް ދިޔަ އަންހެނެއް ހައްޔަރުކޮށް ބަންދަށް 15 ދުވަސް!

ހޯމް ކަރަންޓީނުގެ އުސޫލުން އެންމެ ފުރަތަމަ މާލެއިން ފުރި ބެޗުގެ މީހުން/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ފޭދޫގައި ކަރަންޓީނު އުސޫލާއި ހިލާފު ވީ އަންހެނެއް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފޭދޫގައި ހޯމް ކަރަންޓީނާއި ހިލާފުވެފައިވަނީ އުމުރުން 35 އަހަރުގެ އަންހެނެކެވެ. އަދި އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސަންގުއަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ، އޭނާ މާލެއިން ފޭދޫއަށް ދަތުރު ކުރީ ނަގަން ޖެހޭ ހުއްދަތައް ނުނަގާ ކަމަށެވެ. އަދި މިއީ އޭނާ މިގޮތަށް އަމަލު ކުރި ދެވަނަ ފަހަރުކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ.

މާލެއިން ފެންނަ ކޮވިޑުގެ ކޭސްތައް އިތުރުވުމުގެ ސަބަބުން، ދަތުރު ކުރުމުގެ އުސޫލަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ތެރޭގައި ވަކި ޝަރުތުތަކެއް ހަމަވެގެން ނޫން ގޮތަކަށް ދަތުރު ނުކުރެވޭނެކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ވަނީ ބުނެފައެވެ. މާލެއިން ދަތުރު ކުރެވޭނެކަމަށް އުސޫލުގައި ބުނެފައިވަނީ ކުރު މުއްދަތަކަށް މާލެ އައި މީހުންނާއި، މާލީ ހާލަތާއި ހެދި ދިރިއުޅޭ ގެ ދޫކޮށްލަން ޖެހުނު މީހުންގެ އިތުރުން ވަޒީފާ ގެއްލުނު މީހުންނެވެ. އެހެން ނަމަވެސް މި ޝަރުތު ހަމަވާ މީހުންތަކަށް ވެސް މާލެއިން ރަށަކަށް ދަތުރު ކުރެވޭނީ ނަގަންޖެހޭ ހުއްދަތައް ނަގައިގެން، ފުރިހަމަ ކުރަންޖެހޭ އުސޫލުތަކުގެ ތެރެއިންނެވެ.

މިފަދަ މައްސަލައެއް އަންނަންވީ ކީއްވެގެން ތޯ އާއި، އަދި ޓިކެޓުތައް އިޝޫ ކުރުމުގެ އުސޫލަކީ ކޮބައިތޯ ސުވާލު ކުރުމުން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ސަންގުއަށް ވިދާޅުވީ މޯލްޑިވިއަން އަކީ ތަންފީޒީ އިދާރާއެއް ނޫން ކަމަށެވެ. އެހެން ކަމުން އާއްމުންގެ މީހެއް ޓިކެޓެއް ގަންނަން އައުމުން، އެ އިޝޫ ކުރަންޖެހޭ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް އަންގައިފިނަމަ، ޓިކެޓު އިޝޫ ކުރުމުގައި ހުއްދަ އޮތްތޯ ބަލާނެކަމަށް މޫސަ ވިދާޅުވިއެވެ.

މީގެ ކުރިން މާލެ ލޮކްޑައުންގެ ތެރޭގައި އޮތްއިރު ޓިކެޓުތައް އިޝޫ ކުރީ ހަމައެކަނި ހުއްދަ އޮތް މީހުންނަށް އެކަނިކަން ވެސް މޫސަ ފާހަގަކުރެއްވިއެވެ.

މާލެއާއި ރާއްޖޭގެ ރަށްތަކާއި ދެމެދު އެހެން އެއާލައިންތަކާއި އަދި ބޯޓާއި ލޯންޗުތައް ވެސް ދަތުރު ކުރެއެވެ. އެހެން ނަމަވެސް އެ މީހުން ވެސް ދަތުރަށް އަރުވާއިރު ނޫނީ ޓިކެޓުތައް އިޝޫ ކުރައިރު ނަގަންޖެހޭ ހުއްދައެއް އޮތްތޯ ޔަގީނެއް ނުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: