ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރެކްޝަނަކީ މީހުން ބަންދުކުރުމުގެ ޒިންމާއިން ވީއްލި, މީހުން ރިހެބިލިޓޭޓްކުރާ ތަނެއް: ކޮމިޝަނަރ އޮފް ޕްރިސަންސް

ކޮމިޝަނަރ އޮފް ޕްރިސަންސް. ފޮޓޯ: ކަރެކްޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަކީ މީހުން ބަންދުކުރުމުގެ ބަންދުކޮށްގެން ގެންގުޅުމުގެ ޒިންމާއިން ވީއްލި މީހުން ރިހެބިލިޓޭޓްކުރުމުގެ ޚާއްސަ މަސްއޫލިއްޔަތު އަދާކުރާތަނެއްކަމަށް ކޮމިޝަނަރ އޮފް ޕްރިސަންސް އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވެއްޖެއެވެ.

ކަރެކްޝަނަލް ސަރވިސަސްއަށް 49 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކޮމިޝަނަރ އޮފް ޕްރިސަންސް އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވީ
ކަރެކްޝަނަލް ސަރވިސްއަކީ މީހުން ބަންދުކުރުމުގެ ބަންދުކޮށްގެން ގެންގުޅުމުގެ ޒިންމާއިން ވީއްލިފައިވާ ތަނެއްކަމަށެވެ. އަދި ޤާނޫނަކުން މީހުން ރިހެބިލިޓޭޓްކުރުމުގެ ޚާއްސަ މަސްއޫލިއްޔަތު ލާޒިމްކުރުމާއެކީގަ ކަރެކްޝަން ވެގެންދަނީ ވަރަށް މުހިންމު މަސްއޫލިއްޔަތެއް އަދާކުރާ މުއައްސަސާއެއްގެ ގޮތުގައިކަމަށް ވެސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވިއެވެ.

އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ މިއަދުގެ އެންމެ މުހިންމު ލަނޑުދަނޑިއެއްކަމަށް ވެގެންދަނީ ޖަލުގެ ތޭރިތަކުގެތެރޭގައި ތިބޭ މީހުންނަކީ މުޖުތަމަޢުއަށް ފައިދާކުރަނިވި މީހުންގެ ގޮތުގަ ރިހެބިލިޓޭޓްކުރެވި އަލުން އަނބުރާ މުޖުތަމަޢުއަށް ގެންދެވޭ މީހުންކަމުގައި ހެދުންކަމަށެވެ. އަދި މި މުހިންމު މަޤުސަދު ހާސިލުކުރުމަށްޓަކައި ގުޅުންހުރި ހުރިހައި ދާއިރާތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާކަމަށް ވެސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވިއެވެ.

https://twitter.com/CorrectionsMv/status/1294198249834725377?s=19

ކަރެކްޝަންގެ 49 ވަނަ އަހަރީދުވަހުގެ ހަރަކާތްތަކުގެތެރެއިން. ފޮޓޯ: ކަރެކްޝަން

މީގެ އިތުރުން އަޙްމަދު މުޙައްމަދުފުޅު ވަނީ މިހާތަނަށްއައިއިރު އެކިގޮތްގޮތުން ކަރެކްޝަނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ފަރާތްތަކަށް އުފަލާއެކު ޝުކުރު ދަންނަވާކަމަށް ވެސް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: