ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ކަރަންޓީނުވެއްޖެ

ޑރ.ނަޒްލާ ރަފީޤް
ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤު ކަރަންޓީނު ވެއްޖެއެވެ.

މިކަމުގެ މަޢުލޫމާތު ދެއްވަމުން ޑރ.ނަޒްލާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޢާއިލާގެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އަދި ޕޮޒިޓިވްވި މީހާއާއި ކޮންޓެކްޓްވެފައިވާ ކަމަށެވެ.

މި ގޮތުން އެޗްޕީއޭގެ ގައިޑްލައިންގައިވާ އުސޫލުތަކާއި އެއްގޮތަށް މިހާރު ކަރަންޓީނުގައި ހުންނެވި ކަމަށާއި ހާލު ރަނގަޅުކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

އަދި ހޯމް ކަރަންޓީނުގައި ހުންނެވިކަމުގައިވިޔަސް އެހެން ދުވަސްތަކެކޭ އެއްފަދައިން ގޭގައި ހުރެގެން ވެސް އެޗްއީއޯސީން އިންތިޒާމުކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާނެކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ހުކުރު ދުވަހުގެރޭ ފިޔަވައި ކޮންމެރެއަކު ވެސް އެޗްއީއޯސީން އަންނަނީ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުންނެވެ. މި ގޮތުން ދެން އެންމެ އަވަހަށް ޑރ.ނަޒްލާ ނޫސްވެރިންގެ ބައްދަލުވުުމުގައި ބައިވެރިވެވަޑައިގަންނަވާނީ މާދަމާރޭގައެވެ.

https://twitter.com/nazla_r/status/1294308525007441920?s=19

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: