ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީން ގދ.ތިނަދޫއަށް އުފާވެރިކަމެއް ގެނެސްދެނީ

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކުރުމަށް ސައިޓް ކްލިއަރ ކުރުމުގެ މަސައްކަތުގެތެރެއިން. ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކުރުމަށްޓަކައި ޕްރޮޖެކްޓް ސައިޓް ކްލިއަރ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

ގދ.ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ހުސްވި އަހަރު ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މި ހޮސްޕިޓަލު ބޮޑުކުރަން ނިންމާފައިވަނީ މިހާރު ހުރި ޢިމާރާތުގައި ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދޭނެ ޖާގައިގެ ތަނަވަސްކަން ނެތުމުންކަމަށް ހެލްތު މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކުރުމަށްޓަކައި ޕްރޮޖެކްޓް ސައިޓް ކްލިއަރ ކުރުމުގެ މަސައްކަތުގެތެރެއިން. ފޮޓޯ: އެމްޓީސީސީ

މި ގޮތުން ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ބޮޑުކުރުމަށްޓަކައި ޕްރޮޖެކްޓް ސައިޓް ކްލިއަރ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެމްޓީސީސީން މިއަދު ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން އެ ހޮސްޕިޓަލުގައި އޯޕީޑީ ސަރަހައްދާއި އިމަރޖެންސީ ރޫމާއި ލޭބަރ ރޫމްގެ އިތުރުން ޕްރައިވެޓް ރޫމްތައް ހުންނަ ޢިމާރާތް ބޮޑުކުރުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެމްޓީސީސީން މަޢުލޫމާތުދޭ ގޮތުގައި ހެލްތު މިނިސްޓްރީގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަށް 33.5 މިލިއަން ރުފިޔާ ހޭދަވާނެއެވެ. އަދި މި މަޝްރޫޢުއާއެކު އެ ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކުރުމަށްޓަކައި ޕްރޮޖެކްޓް ސައިޓް ކްލިއަރ ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވާއިރު ‏ހދ.ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތުކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެތެރެއިން
ވާޑް ޢިމާރާތް އެޅުމަށް ބޭނުންވާ ތަނބު ޖެހުމުގެ މަސައްކަތް ފަށާފައިވާކަމަށް ހުސްވި މަހުގެ 20 ވަނަ ދުވަހު އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ވާޑް ޢިމާރާތުގެ ފުރަތަމް ޝީޓު އެޅުމުގެ މަސައްކަތް މި މަހުގެ ފުރަތަމަ ހަފްތާގައި ފަށާނެކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: