ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ސަރަހައްދުގެ ގޭބީސީތަކުގައި 10 އަހަރަށްވުރެ ގިނަދުވަސްވެފައިހުރި މީޓަރުތައް ބަދަލުކުރަނީ

އެމްޑަބްލިއުއެސްސީގެ ފެން މީޓަރ ރީޑިންގ ނެގުން... ފޮޓޯ ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގެ ގޭބިސީތަކުގައި ހަރުކޮށްފައިވާ ފެން މީޓަރުތަކުގެ ތެރެއިން ގިނަ 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިހުރި ފެން މީޓަރުތައް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޑަބްލިޔުއެސްސީން މިއަދު ފެށި މި މަސައްކަތްތައް ފަށްޓަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙަސަން ޝާހު އެވެ.

އެމްޑަބްލިޔުއެސްސީން ހާމަކުރި ގޮތުގައި މި ޕްރޮގުރާމުގެ މަޤުސަދަކީ ޚިދުމަތް ފޯރުކޮށްދޭން ބޭނުންކުރާ ފެން މީޓަރުތައް އެއް ޔުނިފޯމިޓީއަކަށް ބަދަލުކުރުމާއި އެ ކުންފުނީގެ ސްޓޭންޑަޑް ދެމެހެއްޓުމެވެ.

އެމްޑަބްލިޔުއެސްސީން ހާމަކުރާގޮތުގައި މާލެ ސަރަހައްދުގެ ގޭބީސީތަކުގައި ގިނަ ދުވަސްވެ ބާވެފައިހުރި ފެން މީޓަރުތައް ބަދަލުކުރުމުގެ މި ޕްރޮގްރާމް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ.

މި ގޮތުން އަހަރުދުވަހުގެ ތެރޭގައި 15،000 ފެން މީޓަރު ބަދަލުކުރުމަކީ އެ ކުންފުނީގެ އަމާޒުކަމަށް ވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: