ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސ.ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫޢުގެ %90 މަސައްކަތް ނިމިއްޖެ

ސ.ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫޢުގެތެރެއިން. ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީސީސީން ކުރިއަށްގެންދާ ސ. ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫޢުގެ 90 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން އެމްޓީސީސީން މިއަދު ވަނީ ސ. ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫޢުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ބުނެފައެވެ.

މި ގޮތުން ގައު އެތުރުމާއި ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެ ކުންފުނިން މަޢުލޫމާތުދީފައިވެއެވެ.

މި މަޝްރޫޢުގައި ނުނިމި ހުރި 10 އިންސައްތަ މަސައްކަތުގެތެރެއިން މިހާރު ކުރިއަށް ދަނީ ކާނުގެ މަތިގަނޑު އެޅުމުގެ މަސައްކަތާއި ޕޭވްމަންޓް ގައު އެތުރުމުގެ މަސައްކަތްކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން 8103 ސްކްއަރ މީޓަރު ސަރަހައްދެއް ސާފުކުރުމާއި ކޮނުމާއި، ފެންހިންދާ ވަޅުގަނޑެއް ކޮނުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫޢަކީ ޔޫތު މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ. ހުސްވިއަހަރު ސެޕްޓެމްބަރު 11 ވަނަ ދުވަހު އެމްޓީސީސީން ހަވާލުވި މި މަޝްރޫޢުއަށް 2.49 މިލިއަން ރުފިޔާ ހޭދަވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: