ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން އަތް ދޮށްނަން ވަށްދާފަ މުޅި ދައުލަތް ދޮވެލައިފި: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ބަލި މަޑުކަމުގެ ތެރެއިން ރާއްޖެއިން ފެނިގެން ދިޔަ މަންޒަރަކީ ރައްޔިތުން އަތް ދޮންނަން ވެއްދުމަށް ފަހު މުޅި ދައުލަތް ދޮވެލި މަންޒަރު ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

ކޮވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދާ އެ އޮޑިޓާ ގުޅޭ ގޮތުން އޮޑިޓަރު ޖެެނެރަލް އާންމު ކުރެއްވި ދެ ރިޕޯޓުގައި ދެ މިނިސްޓްރީގެ ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ހާމަކޮށްފައިވާއިރު، އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ހުށަހެއްޅުވި ކުއްލި މައްސަލާގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ކޮވިޑުގެ ނުރައްކަލުން ސަލާމަތްވުމަށް ދިވެހި ރައްޔިތުން ގެއަށް ވަށްދައި އަތް ދޮންނަން ބޭތިއްބި ކަމަށާއި އަދި ރައްޔިތުން ގެއަށް ވަދެ އަތް ދޮންނަން ތިބި ވަގުތުގައި ފެނިގެން ދިޔަ މަންޒަރަކީ ވަޒީރުންގެ ވެގެން މުޅި ދައުލަތް ދޮވެލި ތަން ކަމަށް ޝިޔާމް ވިދާޅުވިއެވެ. 

ޝިޔާމް ވިދާޅުވީ ކޮވީޑާއި ގުޅިގެން އޮޑިޓަރ ޖެނަރަލް ހަދާފައިވާ ޓޫރިޒަމް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީގެ އޮޑިޓްއަށް ބަލާއިރު ފެންނަން އޮޓީ މާލިއްޔަތު ގަވާއިދާ ގާނޫނާއި ހިލާފަށް ހެލްތް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީން ހިންގާފައިވާ ކޮރޮޕްޝަންގެ ބޮޑެތި އަމަލުތަކެއް ކަމަށެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކަކީ އެ މިނިސްޓްރީގެ މެންޑޭޓުން ބޭރުން ކޮށްފައިވާ ހަރަފުތަކެއްކަން އޮޑިޓުން ވަރަށް ސާފުކޮށް އެނގޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. 

ޝިޔާމް ވިދާޅުވީ ކޮވިޑާއި ގުޅިގެން ހެލްތް މިނިސްޓްރީގެ ފަރާތުން ދުބާއީގެ ކުންފުނެއްޏެއް މެދުވެރިކޮށް ވެންޓިލޭޓަރުތައް ގެންނަން ނިންމާފައިވާއިރު ވެންޓިލޭޓަރުތައް ނުލިބެނީސް ވެންޓިލޭޓަރަށް ދައްކަން ޖެހޭ ފައިސާގެ 90 ޕަސެންޓް ދައްކާފައިވަނީ މާލިއްޔަތު ގަވާއިދާ ހިލާފަށް ކަމަށާއި އެހެން ކަމުން މިކަމުގައި ހަމައެކަނި ކުށްވެރި ވަނީ ހެލެތް މިނިސްޓްރީ ނޫން ކަމަށާއި ފިނޭންސް މިނިސްޓްރީ ވެސް ކުށްވެރިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެގޮތުން ދުބާއީގެ ކުންފުނީގެ ފަރާތުން ގެރެންޓީއެއް ނުދެނީސް ވެންޓިލޭޓަރަށް ދައްކަން ޖެހޭ ފައިސާގެ 90 ޕަސެންޓް ފިނޭންސްއިން ދެއްކުމަކީ ފިނޭންސް މިނިސްޓްރީން ހެދި ގޯހެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ހެލްތް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީން ކަންކަން ނިންމާފައި ވަނީ އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ކަމަށް ބުނެފައި ވާތީ މި މައްސަލަތަކުގެ ޒިންމާ އެޓާނީ ޖެނަރަލް ވެސް ނަގަން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. 

މީގެއިތުރުން ޝިޔާމް ވިދާޅުވީ ފޮރިން މިނިސްޓްރީއާއި ޕްލޭނިންގ މިނިސްޓްރީގެ ހާއްސަ އޮޑިޓެއް ވެސް އޮޑިޓަރ ޖެނެރަލް ހަދާފައިވާ ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި ނަމަވެސް އެ އޮޑިޓް ރިޕޯޓުތައް އާންމު ނުކޮށް ހިފަހައްޓާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ފޮރުން މިނިސްޓްރީއާއި ޕްލޭނިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ވެސް ބޮޑެތި ކޮރޮޕްޝަންގެ އަމަލުތައް ހިންގާފައިވާކަން ބަޔާންކޮށްފައިވާ ކަމަށާއި ރިޕޯޓް އާންމުނުކޮށް ހިފަހައްޓާފައި ވަނީ އެހެންވެގެން ކަމަށް ޝިޔާމް ވިދާޅުވިއެވެ. 

ޝިޔާމް ވިދާޅުވީ ކޮވިޑުގެ އެކިއެކި ކަންކަމަށް އެއް ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ ކަމަށް ސަރުކާރުން ބުނާއިރު ރައްޔިތުންނަށް އޭގެން އެއްވެސް މަންފާއެއެއް ކޮށްފައި ނުވާ ކަމަށާއި އަދި ރައްޔިތުން ތިބީ ވަރަށް ހާލުގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެން ކަމުން ކޮވީޑާއި ގުޅިގެން މިހާތަނަށް ސަރުކާރުން ކޮސްފައިވާ ހުރިހައި ކަމެއް މަޖިލީހުން ވަރަށް ރަނގަޅަށް ބަލަން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: