ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްރާނަށް ޝޭޚް ކިޔާކަށްވެސް ބޭނުމޭ: ސައީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް “ޝެއިޚް” އެ ބަސްވެސް ބޭނުން ކުރަން ބޭނުންނުވާ ކަމަށް ޕީއެންސީގެ ނައިބު ރައީސް، އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި ސައީދު ވިދާޅުވީ އިމްރާނަކީ ޝޭޚެއް ނަމަ އިހުސާން ތެރިކަން އިސްކުރައްވާނެ ކަމަށެވެ.

ސައީދު ވިދާޅުވީ ނަމުން ޝޭޚެއްގެ ގޮތުގައި ހުންނަވައިގެން މިއަދުވެސް އިމްރާން ހައްދަވަނީ ބޮޑެތ ދޮގުތަކެއް ކަމަށެވެ. ރައީސް ޔާމީންގެ އެދިވަޑައިގަތުމަކީ ދެކަމެއް ކަމަށާއި އެއީ އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުސަތާއި ޑޮކްޓަރުންގެ ލަފާގެ މަތިން ބޭސްފަރުވާގެ އިންތިޒާމްތައް ހަމަޖައްސައިދިނުން ކަމަށް ސައީދު ވިދާޅުވިއެވެ.

އިމްރާން ފާޅުގައި ދޮގު ހެއްދެވުމަށްފަހު މިހާރު ގެންދަވާނީ ސިއްރާއި ފާޅުގައި ރައީސް ޔާމީނަށް އަނިޔާ ކުރައްވަމުން ކަމަށް ސައީދު ވިދާޅުވިއެވެ. ރައީސް ޔާމީނަށް ގޯނާކޮށް އަނިޔާ ނުކުރާނަމަ އިމްރާން ނުކުމެ ވަޑައިގެން އެވާހަކަތައް ދައްކާކަށް ނުޖެހޭނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އިމްރާން ޖަލުގައި ހުންނެވިއިރު ރޯދަމަސް ނިމިގެންދިޔައީ އާއިލާއެކު ގޭގައި ހުންނައިގެން ކަމަށެވެ. އަދި އެދިވަޑައިގެން ކޮންމެ ކަމެއް ކުރެއްވުމުގެ ފުރުސަތު އިމްރާނަށް ރައީސް ޔާމީންގެ ސަރުކާރުން ދެއްވި ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

“އަޅުގަނޑު ތިބަސްވެސް ބޭނުންކުރަން ބޭނުން ނުވޭ ޝެއިހް، ޝެއިހެއް ނަމަ ކޮންމެވެސް ވަރެއްގެ އިންސާންތެރިކަމެއް ހުންނަންވާނެ. މިއަދު ބައްދަލަވާ ހައްދަވާ ދޮގު. ރައީސް ޔާމީންގެ އެދިވަޑައިގަތުމަކީ ދެކަމެއް. އެމަނިކުފާނުގެ ލޯޔަރުންނާ ބައްދަލު ކުރެވޭނެ ގޮތް ހައްދަވައިދެއްވާށޭ” ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ ރައީސް ޔާމީންގެ ބޭސްފަރުވާއާއި ގުޅޭގޮތުންވެސް އިމްރާން ފަތުރަނީ ދޮގު ވާހަކަތައް ކަމަށެވެ. އަދި އިމްރާނަކީ ހޯމް މިނިސްޓަރެއްގެ މަޤާމުގައި ހުންނަވަންވާ ވަރުގެ މީހެއް ނޫން ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ހަތެއް ފެބްރުއަރީ 2012 ގެ ވާހަކަ އެމްޑީޕީގެ މެންބަރުން ދައްކަން ފެށުމުން އެކަމުގައި އުޅުނީ އިމްރާން އެކަނިނޫން ކަމަށް އަމިއްލަ ފުޅަށް ވިދާޅުވުމަކީ އެކަމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށްވެވޭ އިއުތިރާފެއް ކަމަށެވެ.

ހޯމް މިނިސްޓަރަކީ ޝަޚުސިއްޔަތެއް ހުންނަންޖެހޭ މީހެއް ކަމަށާއި އެކަމަކު އިމްރާން ސިފަ ކުރެވެނީ ވާހަކަ ހިފައިގެން ގޭގެއަށް ދުވާ މީހެއްގެ ގޮތުގައި ކަމަށް ސައީދު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ބައްދަލުވުން ހަމަޖައްސައިދޭން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ލައްކަ މަސައްކަތް ކޮށްފައިވާ ކަމަށާއި ބައްދަލުވުން ނުބޭއްވިގެން އުޅެނީ އެމަނިކުފާނުގެ ވަކީލުން ބޭނުން ނުވާތީ ކަމަށް އިމްރާން ވިދާޅުވެފައިވެއެވެ.

އެކަމަކު ރައީސް  ޔާމީނާ ބައްދަލުކުރުމަށް މިއަދުގެ  14:00  އަށް ހަމަޖެހިފައިވާ  ކަމަށް  ކަރެކްޝަނުން ލިޔުމުން ޖަވާބު ދިނުމުން އެ ލިޔުމާ އެއްގޮތަށް މާފުށްޓަށް އައުމުން  ރަށަށް އަރައި  ބައްދަލުކުރެވޭނޭ  އިންތިޒާމު  ކަރެކްޝަނުން  ހަމަޖައްސާފައި  ނުވާތީ  ރައީސް ޔާމީނާއި ބައްދަލުވެފައިނުވާ ކަމަށް އެމަނިކުފާނުގެ ޤާނޫނީ ޓީމުންވަނީ ބުނެފައެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: