ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑުގެ އޮޑިޓު ރިޕޯޓުތައް: މައްސަލަ ދިރާސާ ކުރުމަށް އޮޑިޓަ ޖެނެރަލާއި ކަމާއި ބެހޭ މިިނިސްޓްރީތައް ކޮމިޓީ އަށް!

ހެލްތް މިނިސްޓްރީ އާއި، ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓުން ބޮޑެތި އޮޅުވާލުންތަކާއި ކޮރަޕްޝަންގެ އަމަލުތަކެއް/ ހެލްތް މިނިސްޓަރު އަމީނާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް އާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތަކުގައި ބޮޑެތި އޮޅުވާލުންތަކާއި، ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާތީ، އެކަން ބެލުމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތާއި ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ފިނޭންސް މިނިސްޓްރީ ހާޒިރުކުރަން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

ފާއިތުވީ ހަތް ވަރަކަށް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ކޮވިޑާއި ދެކޮޅަށް ކުރި މަސައްކަތްތަކާއި، މިނިސްޓްރީތަކުގެ އޮޑިޓް ރިޕޯޓުތައް ދަނީ އާއްމު ކުރަމުންނެވެ. އެގޮތުން ކޮވިޑާއި ދެކޮޅަށް ކުރި މަސައްކަތްތަކުގެ ތަފްސީލުތައް ހިމެނޭހެން އޮޑިޓް އޮފީހުން އެންމެ ފުރަތަމަ އާއްމުކޮށްފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓު ރިޕޯޓު ދައްކާގޮތުން، މެންޑޭޓުން ބޭރުން ގިނަ މަސައްކަތްތަކެއް ކުރިޔަށް ގެންގޮސްފައިވެއެވެ. އަދި ބޮޑެތި ހަރަދުތަކެއް ކުރުމާއި އެކު، ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީން އެދިފައިވާ އިކުއިޕްމެންޓުތަކުގެ އިތުތަށް ތަކެތި ގެނައުމާއި އަދި ބައެއް އިކުއިޕްމެންޓުތައް އެއްވެސް ވަރަކަށް ގެނެސްފައި ނުވުން ހިމެނެއެވެ.

މިނިސްޓްރީއިން ވަނީ ތާމަލް ކެމެރާތައް ރާއްޖެ ގެނައުމަށް ވެސް އެކަށީގެން ނުވާ ވަރުގެ ހަރަދުތަކެއްކޮށްފައެވެ. އަދި އެ ހަރަދުތައް ކުރީ ބިޑް ކޮމިޓީގެ ލަފާ ހޯދުމެއް ނެތިއެވެ. މީގެ އިތުރުން ކަރަންޓީން ފެސިލިޓީތައް ގާއިމް ކުރުމަށް ބިޑަށް ހުޅުވާލުމުގެ ކުރިން ބަޔަކާއި ހަވާލު ކުރުން ހިމެނެއެވެ.

މީގެ ކުރިން ނޫސްވެރިން ޕްރެސްތަކުގައި އެންމެ ގިނައިން ދެއްކި ވާހަކަތައް އެއީ ހަގީގަތެއްކަން އެނގުނީ، ހެލްތްގެ އޮޑިޓުންނެވެ. ގިނަ ކަންތަކެއް ހާމަވެގެން ދިޔަ އެ އޮޑިޓުން މިލިއަނުން ހަރަދު ކުރި ފައިސާތަކަށް ވީނުވީއެއް ނޭނގެއެވެ. ނޫނީ އޭގެއިން ހަރަދު ކުރި އިކުއިޕްމެންޓުތަކުގެ އެއްވެސް ތަފްސީލެއް ނޫނީ، އެތަކެތި ކޮބައިކަން ނޭނގެއެވެ.

ހެލްތްއިން ވެސް ވަނީ މާލިއްޔަތުގެ ގާނޫނާއި ހިލާފަށް ގިނަ އަމަލުތަކެއް ހިންގާފައެވެ. އަދި މަކަރާއި އޮޅުވާލުން އަދި ކޮރަޕްޝަންގެ އަމަލުތަކެއް ވަނީ ވެންޓިލޭޓަރުތައް ގެނައުމުގައި ހިންގާފައެވެ.

https://twitter.com/mvpeoplesmajlis/status/1295243243517427712

މީޑިއާތަކުން އޮޑިޓު ރިޕޯޓުގައި ވާ ކަންތައް، ހާމަ ކުރަން ފެށެމާއި އެކު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މި މައްސަލަތައް ބެލުމަށް ނިންމީ ރޭގެ ވަގުތެއްގައެވެ. މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވީ މިއީ އަޅާނުލާ ދޫކޮށްލެވޭނެ ވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީގެ ބޮޑެތި އޮޅުވާލުންތަކާއި، ވަކި ބަޔަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް މަސައްކަތް ކުރުމުގެ އިތުރުން ކޮރަޕްޝަންގެ މައްސަލަތައް ބަލަން ޖެހޭނެކަމަށެވެ. މަޝްވަރާތަކަށް ފަހު މެމްބަރުން ނިންމަވާފައިވަނީ، ވީހާވެސް އަވަހަކަށް އެ މައްސަލަ ކޮމިޓީން ބަލަން ފުރަތަމަ އޮޑިޓަ ޖެނެރަލް ކޮމިޓީއަށް ހާޒިރުކޮށް މައްސަލަތައް ބެލުން ކަމަށެވެ.

ރާއްޖެއަށް ގެނަން ބުނި ވެންޓިލޭޓަރުތައް އެއީ އޭޕްރިލް މަސް ނިމުމުގެ ކުރިން ރާއްޖެ ގެންނާނެކަމަށް ބުނި ވެންޓިލޭޓަރުތަކެކެވެ. ރައްޖެއަށް 149 ވެންޓިލޭޓަރެއް ގެނައުމަށް 03 ކުންފުންޏަކާއި ހަވާލު ކުރިއެވެ. އަދި އެ މައްސަލައިގައި މައުލޫމަތުތައް ސާފު ކުރުމަށް އޮޑިޓާރ ޖެނެރަލް ޒިޔަތު ހަޒިރު ކުރަނީ މާދަމާގެ 02:00 އަށެވެ.

މައްސަލައިގައި ކަމައި ބެހޭ އިދާރާތައް ހާޒިރު ކުރުމާއި ބެހޭ ގޮތުން ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ވިދާޅުވީ، މައްސަލަ ބެލުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: