ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތް މިކުރަނީ ރައީސް ސާލިހުގެ ކެބިނެޓުގައި ތިބި ވައްކަންކުރާ ވަޒީރުން މަގާމުން ދުރުކުރަން: އަލީ އާޒިމް

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ކުރަމުންދާ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ކެބިނެޓުގައި ތިއްބެވި ވަޒީރުންގެ ތެރެއިން ވައްކަން ކުރާ ވަޒީރުން މަގާމުން ދުރުކުރުކުގެ މަސައްކަތް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރ އަދި މެދެހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ. 

ކޮވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދާ އެ އޮޑިޓާ ގުޅޭ ގޮތުން އޮޑިޓަރު ޖެެނެރަލް އާންމު ކުރެއްވި ދެ ރިޕޯޓުގައި ދެ މިނިސްޓްރީގެ ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ހާމަކޮށްފައިވާއިރު، އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ހުށަހެއްޅުވި ކުއްލި މައްސަލާގެ ބަހުސްގައި ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓު ދިނީ އެމްޑީޕީއަށް ނޫން ކަމަށާއި ރައްޔިތުން ވޯޓު ދިނީ ކޯލިޝަން ސަރުކާރަކަށް ކަމަށެވެ. 

އެގޮތުން އަލީ އާޒިމް ވިދާޅުވީ ކޯލިޝަން ސަރުކާރެއްގެ ތެރެއިން ރައީސް ސާލިޙް ވެރިކަން ކުރައްވަމުން ގެންދަވާއިރު ރައީސް ސާލިޙުގެ ކެބިނެޓުގައި ތިއްބެވި ވަޒީރުންގެ ތެރެއިންގެ ތެރެއިން 60 ޕަސެންޓް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ބޮލުގައި ވައްކަމާއި ކޮރޮޕްޝަންގެ ތުހުމަތު އަޅުވައި އެމްޑީޕީ ބަދުނާމް ކުރަން ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ އެމްޑީޕީއާއި ރައްޔިތުން ހަވާލު ކުރީ މަޖިލީހުގެ 65 ގޮނޑި ކަމަށާއި އެކަން އެމްޑީޕީން ދައްކަމުންދާ ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ. އެގޮތުން މީގެކުރިން އޮޑިޓަރ ޖެނެރަލް އޮޑިޓް ރިޕޯޓެއް ނެރުމުން އެ ރިޕޯޓުގައި ކެބިނެޓުގެ ވަޒީރުންގެ ވާހަކަ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ވާހަކަ ބަޔާންކޮށްފައިވާނަމަ ކުރާ ކަމަކީ އޮޑިޓަރ ޖެނެރަލްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަލައި މަގާމުން ދުރުކުރުން ކަމަށާއި ނަމަވެސް އެމްޑީޕީން ކުރަމުންދާ މަސައްކަތަކީ އޮޑިޓަރ ޖެނެރަލް އޮޑިޓް ރިޕޯޓުގައި ފާހަގަކުރާ ކަންކަން ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކަމަށާއި އެމްޑީޕީން ހިތްވަރު ދެނީ އަދި އޮޑިޓަރ ޖެނެރަލްގެ އަރިހުން އެދެނީ ވީހާވެސް ގިނަ އޮޑިޓް ރިޕޓްތައް ނެރެ ގޯސްކޮށް ހިނގާ ކަންކަން ހާމަ ކުރުމަށް ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ. 

އަލީ އާޒިމް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ބައެއް މެމްބަރުން ރައީސް ސާލިޙުގެ ސަރުކާރަށް ޖެއްސުން ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވާ ވާހަކަތަކަށް ވެސް ރައްދު ދެއްވާފައެވެ. އެގޮތުން އަލީ އާޒިމް ވިދާޅުވީ ސަރުކާރުގެ ތެރޭގައި ހިނގާ ވައްކަމާއި ކޮރޮޕްޝަންގެ ވާހަކަ ދެއްކުމުން ރައީސް ސާލިހުގެ ސަރުކާރަށް ޖެއްސުން ކުރާ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވި ނަމަވެސް އެމްޑީޕީން މަސައްކަތް ކުރަނީ ރައީސް ސާލިހުގެ ސަރުކާރުގެ ކެބިނެޓުގައި ތިބި ވައްކަން ކުރާ ވަޒީރުން މަގާމުން ދުރުކޮށް ރައީސް ސާލިހު ސަލާމަތް ކުރުމުގެ މަސައްކަތް ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ. 

އަލީ އާޒިމް ވިދާޅުވީ އޮޑިޓަރ ޖެނެރަލް ނެރުއްވި ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާއި ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ވައްކަމާއި ކޮރޮޕްޝަންގެ ވާހަކަ އެކިއެކި ގޮތްގޮތަށް އޮޑިޓަރ ޖެނަރަލް ބަޔާންކޮށްދީފައިވާ ކަމަށާއި އެކަންކަން އެމްޑީޕީން ބަލާނެ ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމްޑީޕީން ނިކުމެތިބީ ރާއްޖެއިން ވައްކަމާއި ކޮރޮޕްޝަން ފޮހެލަން ކަމަށާއި އެކަން ކުރުމުގައި ފަހަތަސް ނުޖެހޭނެ ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ. 

މީގެއިތުރުން އަލީ އާޒިމް ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ރައީސް ސާލިހުގެ ވެރިކަން ބަދަލު ކުރަން މަސައްކަތް ނުކުރާ ކަމަށާއި ހަމައެކަނި ކުރާ މަސައްކަތަކީ ސަރުކާރު ޖަވާންދާރީ ކުރުވުމުގެ މަސައްކަތް ކަމަށާއި އެކަން އަބަދުވެސް ކުރާނެ ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: