ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރުގެ މައްސަލައިގައި ފިނޭންސް މިނިސްޓަރގެ މައްޗަށް ވެސް ތަހުގީގު ހިންގަން ޖެހޭނެ: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް: ފޮޓޯ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯވިޑް19 އާ ގުޅިގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ކޯވިޑް19 ހަރަދު ތަކުގެ ކޮމްޕްލަޔަންސް އޮޑިޓުގައި ކޯވިޑާ ގުޅިގެން ރާއްޖެއިން ބޭރުން ވެންޓިލޭޓަރުތައް ގެނައުމުގައި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ބުނެފައިވާތީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުގެ މައްޗައްވެސް ތަހުގީގު ހިންގަން ޖެހޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީން ކޯވިޑް19 ގެ ބަލިމީހުންނަށް ފަރުވާ ދިނުމަށްޓަކައި 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލު ކުރި ދުބާއީގެ ކުންފުނި ކަމަށްވާ އެގްޒެކިއުޓާޒް ޖެނެރަލް ޓްރޭޑިންގް އަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ( ޑަބްލިއުއެޗްއޯ ) އިން ލަފާ ދީގެން ހަވާލު ކުރި ކުންފުންޏެއް ނޫން ކަމަށާއި އަދި އެކަމުގައި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް އޮޑިޓް ރިޕޯރޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

ސަރުކާރުން މިކަމާއި ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ހުރިހައި ފަރާތްތަކާއި މެދު ފިޔަވަޅު އާޅާނެ ކަމަށް ބުނެފައިވާ މި ދަނޑިވަޅުގައި، ޝިޔާމު ކުރައްވާފައިވާ ޓުވީޓުގައި އޮޑިޓު ރިޕޯރޓުން އެނގެނީ ހަމަ އެކަނި ހެލްތު މިނިސްޓްރީގެ މައްސަލަ ނޫން ކަމަށާއި މި ކަމުގައި ފިނޭންސް މިނިސްޓްރީގެ މައްސަލަވެސް ވާކަމުގައި ވިދާޅުވެފައިވެއެވެ.

ޝިޔާމު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ” މާލިއްޔަތު ޤާނޫނާއި ޚިލާފަށް ފިނޭންސް މިނިސްޓަރު ވެންޓިލޭޓަރު ތަކުގެ ޓޯޓަލް ވަލިއުގެ90 ޕަސެންޓް ދައްކާފައި ވުމަކީ ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށާއި އެކަން ތަހުގީގު ކުރަން ޖެހޭނެކަން ޝިޔާމް ވަނީ ފާހަގަ ކުރައްވާފައެވެ.

އޮޑިޓް އޮފީހުން އާއްމުކޮށްފައިވާ ރިޕޯޓު ދައްކާގޮތުން، އެގްޒެކިއުޓާސް އާއި އެކު ހެލްތް މިނިސްޓްރީއިން ވެފައިވާ އެއްބަސްވުމުގެ ދަށުން ގެނަން ބުނި 75 ވެންޓިލޭޓަރެއްގެ ތެރެއިން 65 ވެންޓިލޭޓަރެއް އެއީ އައިސީޔޫ ވެންޓިލޭޓަރުތައް ކަމަށެވެ. އަދި އެ އައިސީޔޫ ވެންޓިލޭޓަރުތައް ފޯރުކޮށް ދިނުމަށް އެގްޒެކިއުޓާސް ކުންފުންޏާއި އެކު އެއްބަސްވެފައިވަނީ ވެންޓިލޭޓަރަކަށް -/150,501( ފަސްލައްކަ އެއް ހާސް އެއް ސަތޭކަ ފަންސާސް) ރުފިޔާ ކަމަށެވެ. ނަމަވެސް އެ އަގުތަކަކީ އައިސީޔޫ ވެންޓިލޭޓަރު ހޯދުމަށް ހެލްތް މިނިސްޓްރީއިން ދިވެހި ބައެއް ކުންފުނިތަކާއި އެކު އެއްބަސްވެފައިވާ އަގުތަކަށްވުރެ ބޮޑު އަގެއްކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، މެޑްޓެކް ޕްރައިވެޓް ލިމިޓެޑާއި، ނާޑު ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އެހެން ފަރާތެއްވެސް މި މުޢާމަލާތު ގައި ބައިވެރިވެރިވުން ހިމެނޭހެން ލިޔެކިއުންތައް ހުރި އިރު، އެ ފަރާތާއި އެގްޒެކިއުޓާސް އާ އޮތް ގުޅުން އެނގެން ނެތް ކަމަށެވެ. އެގޮތުން 75 ވެންޓިލޭޓަރު ގަތުމާއި ގުޅޭގޮތުން ކޮށްފައި ހުރި މުއާމަލާތްތަކުގައި، އެގްޒެކިއުޓާސް ނަމުގެ އިތުރުން، އިމަރޖެންސީ ހެލްތު ކެއަރ ޓްރެއިނިންގ ސެންޓަރގެ ނަމުގައި މުޢާމަލާތް ކޮށްފައި ހުރިކަން ފާހަގަކުރެވުނު ކަމަށެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން މަސައްކަތްކޮށްދޭ ފަރާތަށް ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތަށް ނުވަތަ ތަކެތި ފޯރުކޮށްދޭ ފަރާތަށް އެޑްވާންސް ފައިސާ ދޭނަމަ، އެ ފަރާތަކުން އެ އެޑްވާންސް ޕޭމަންޓާ އެއްވަރުގެ ޕޭމަންޓް ގެރެންޓީއެއް ހޯދަންޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ހެލްތް މިނިސްޓްރީއިން މާލިއްޔަތު ގާނޫނާއި ހިލާފުވެ ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް ދުބާއީގެ ކުންފުންޏާއި އެކު ހެދި އެއްބަސްވުމުގެ ދަށުން، ފިނޭންސްގެ ހުއްދައާއެކު، ދެ ފަހަރެއްގެ މަތިން މި ޕްރޮޖެކްޓްގެ އަގުގެ ޖުމްލަ 90 އިންސައްތަ ފައިސާ ދައްކާފައިވާކަމަށް ރިޕޯޓުގައި ވެއެވެ. އެއީ ދިވެހި ފައިސާގެ 30 މިލިއަން ރުފިޔާއެވެ. އެހެން ނަމަވެސް އެޑްވާންސް ޕޭމަންޓުގެ ގެރަންޓީއެއް ހެލްތްއިން ހޯދާފައި ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: