ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރުގެ މައްސަލައިގައި ކޮރަޕްޝަނުގެ ޢަމަލެއް އެކުލެވިގެން ނުވާކަމަށް ނިންމާފައެއް ނުވާނެ: އޭސީސީ

ވެންޓިލޭޓަރު ގެނައުމަށް ބަޔަކާއި ހަވާލު ކުރުމުގައި ގޮތް ނޭނގޭ ގިނަ ކަންތައްތަކެއް ވަނީ ހިނގާފައި: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19 އާއި ގުޅިގެން ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައުވާ ވެންޓިލޭޓަރުތައް މިހާތަނަށް ވެސް ރާއްޖެ އައިސްފައި ނުވާތީ އެކަން ހިނގައި ދިޔަ ގޮތް ބެލުމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދާ ތަހުގީގު ނިމިފައި ނުވާ ކަމަށާއި އަދި ވެންޓިލޭޓަރުތައް ގެނައުމަށް ބަޔަކާއި ހަވާލު ކުރުމުގައި ކޮރޮޕްޝްގެ ޢަމަލެއް އެކުލެވިގެން ނުވާކަމަށް ކޮމިޝަނުން ނިންމާފައެއް ނުވާނެ ކަމަށް އޭސީސީން ބުނެފިއެވެ. 

މިއީ މިދިޔަ މޭއި މަހުގެ ތެރޭގައި ލިބޭނެކަމަށް ބުނި ވެންޓިލޭޓަރުތަކެވެ. ދުބާއީގެ އެގްޒެކިއުޓާސް ކުންފުނީގެ ސައްހަ ކަމާއި މެދު ވެސް ސުވާލު އުފެދޭއިރު ވެންޓިލޭޓަރުތަކުގައި 75 އިންސައްތަ ފައިސާ ދައްކާފައިވާނެކަން މީގެ ކުރިން ކޮވިޑާއި ގުޅޭ މައުލޫމާތުތައް ހިއްސާކުރި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވެސް ވަނީ ވިދާޅުވެފައެވެ. އެ ކުންފުންޏާއި 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކޮށް ވަނީ ދެ މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުވަތަ ދިވެހި ފައިސާއިން 34 މިލިއަން ރުފިޔާ ދައްކާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދާ އެ އޮޑިޓާ ގުޅޭ ގޮތުން އޮޑިޓަރު ޖެެނެރަލް އާންމު ކުރެއްވި ދެ ރިޕޯޓުގައި ދެ މިނިސްޓްރީގެ ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ހާމަކޮށްފައިވާއިރު، ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އޭސީސީއަށް އަމާޒުވެފައެވެ. އެގޮތުން ވެންޓިލޭޓަރުތައް ގެނައުމަށް ބަޔަކާއި ހަވާލު ކުރުމުގައި ކޮރޮޕްޝަންގެ އަމަލެއް ހިނގާފައި ނެތް ކަމަށް އޭސީސީން ބުނެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އޭސީސީގެ ފާޑުކިޔަމުންނެވެ. 

ކޮވިޑް19 އާ ގުޅިގެން ވެންޓިލޭޓަރު ހޯދުމުގެ މައްސަލައާ ގުޅޭގޮތުން އޭސީސީން ތަޙުޤީޤުކުރަމުންދާ މައްސަލާގައި، ކޮރަޕްޝަނުގެ ޢަމަލެއް ނެތްކަމަށް އޭސީސީން ނިންމާފައިވާކަން ދޭހަވާގޮތަށް މީޑިއާތަކުންނާއި މީސްމީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން އޭސީސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކޮވިޑް19 އާ ގުޅިގެން ވެންޓިލޭޓަރު ހޯދުމުގައި ޢަމަލުކޮށްފައިވާގޮތާ ގުޅޭގޮތުން އޭސީސީން ތަޙުޤީޤުކުރަމުންދާ މައްސަލައަކީ، ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ތަޙުޤީޤުކުރަމުންދާ މައްސަލައެއް ކަމަށެވެ. 

އޭސީސީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި  ވެންޓިލޭޓަރު ހޯދުމުގައި ޢަމަލުކޮށްފައިވާ ގޮތާގުޅޭ މައްސަލާގައި ރައްޔިތުންނާއި ދައުލަތުގެ އިދާރާތަކުގެ ކަންބޮޑުވުންތަކެއް ހުރުމުން، މައްސަލާގައި ކޮމިޝަނަށް އެހަތާނަށް ލިބިފައިވާ ލިޔެކިޔުންތަކާއި އަދި ތަޙުޤީޤަށް އަސަރުކޮށްފާނެ ފަދަ މަޢުލޫމާތު ނުހިމަނައި، މައްސަލާގައި ފާހަގަކުރެވުނު މައިގަނޑު ކަންކަން ހިމެނޭގޮތަށް ޚުލާޞާ ރިޕޯޓެއް އެކުލަވާލައި 21 މޭ 2020 ގައި ރިޕޯޓު އާންމުކޮށްފައިވާއިރު، އޭރު އެމައްސަލާގައި ކޮމިޝަނުން ވަކިގޮތެއް ނިންމާފައިނުވާ ކަމަށް ވަނީ ބުނެފައެވެ. އަދި، އެ ރިޕޯޓަކީ، މައްސަލައިގެ ތަޙުޤީޤު ރިޕޯޓެއް ނޫންކަން ބަޔާންކޮށް، ކޮމިޝަނުން ރިޕޯޓު އާންމުކުރި އިރުގައިވެސް މައްސަލަ އިތުރަށް ތަޙުޤީޤު ކުރިއަށްދާކަން ރިޕޯޓުގައި ފާހަގަކޮށްފައިވާނެ ކަަމށް އޭސީސީން ވަނީ ބުނެފައެވެ.

މީގެއިތުރުން އޭސީސީން ބުނީ   އެ ރިޕޯޓު އާންމުކުރުމުގެ މައިގަނޑު އެއް މަޤުޞަދަކީ، މި މައްސަލައަކީ ރައްޔިތުންގެ މަސްލަހަތާ ގުޅުންހުރި ކަމަކަށްވެފައި، އެ މައްސަލަ ކުރިއަށްނުދާކަމަށް ދޭހަވާގޮތަށް ވާހަކަދެކެވި އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވާތީ، އެމައްސަލައިގެ ތަޙުޤީޤުގެ މަސައްކަތް އެހާތަނަށް ގޮސްފައިވާ ހިސާބު އަންގައިދީ، ރައްޔިތުންނަށް ޖަވާބުދާރީވާނެ ކަމަސް އޭސީސީން ވަނީ ބުނެފައެވެ.

އޭސީސީން ބުނީ މި މައްސަލައިގެ ތަޙުޤީޤުގެ މަސައްކަތް މިހާރު ފުރިހަމަކުރުމުގެ މަރުޙަލާގައިވާއިރު، އަދި މިހާތަނަށް ލިބިފައިވާ ހެކިތަކަށް ރިޢާޔަތްކޮށް މި މައްސަލާގައި ތުހުމަތު ކުރެވޭ ކަންކަމާ ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު މި ހަފްތާ ތެރޭގައި މަޝްވަރާކުރަން ފަށާނެ ކަމަށް އޭސީސީން ވަނީ ބުނެފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: