ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޑިޓު ރިޕޯޓާއި އެކު ހެލްތް މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން އަސްލަމްއަށް!

ހެލްތް މިނިސްޓްރީގެ މަސައްކަތްތައް ކުރިޔަށް ގެންދަވާނެ ބޭފުޅަކަށް ހައުސިން މިނިސްޓަރު އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑުގެ ތެރޭގައި ހެލްތް މިނިސްޓްރީން ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް އަމަލުކޮށްފައިވާކަން ހާމަވާ ރިޕޯޓާއި އެކު މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެފައިވާ އަބްދުﷲ އަމީންގެ ބަދަލުގައި، ހެލްތް މިނިސްޓްރީގެ ކުރިޔަށް ހުރި މަސައްކަތްތަކުގެ ހިންގުން ވަގުތީ ގޮތުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްއާއި ހަވާލުކޮށްފިއެވެ.

ކޮވިޑުގެ ތެރެއިން ހެލްތް މިނިސްޓްރީން ކުރިޔަށް ގެންދިޔަ މަސައްކަތްތަކުގައި ކޮރަޕްޝަނާއި އޮޅުވާލުންތަކެއް ހާމަވުމާއި ގުޅިގެން މައްސަލަ ބަލާ ނިމެންދެން މަގާމުން އަބްދުﷲ އަމީން އަމިއްލައިން މިނިސްޓްރީގެ މަސައްކަތްތަކުން އެކަހެރިވެފައެވެ.

މިނިސްޓްރެއްގެ މަގާމު ހުސްވެއްޖެނަމަ، އޮންނަ އުސޫލުގެ ދަށުން އެ މިނިސްޓްރީ ހިންގަވާނެ ބޭފުޅެއް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާނެއެވެ. އެގޮތުން ހެލްތް މިނިސްޓްރީގެ މަސައްކަތްތައް ހިންގެވުމާއި ދެން ހަވާލުވެ ހުންނަވާނީ ޕްލޭނިންގް ހައުންސިންގް އެންޑް އިންފްރާންސްޓްރަކްޗަ މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.

ރާއްޖެއިން ކޮވިޑާއި ދެކޮޅަށް ކުރި މަސައްކަތްތަކުގައި ބޮޑެތި އޮޅުވާލުންތަކާއި، ކޮރަޕްޝަންގެ އަމަލުތައް ހިމެނޭކަން ހާމަވީ އޮޑިޓާރ ޖެނެރަލްގެ އޮފީހުން އެކުލަވާލި ރިޕޯޓުންނެވެ. މިނިސްޓްރީން ގާނޫނާއި ހިލާފަށް، އޮޅުވާލައިގެން ކުރިޔަށް ގެންދިޔަ އެތައް މަސައްކަތްތަކެއް ހާމަވީ އެ އޮޑިޓުގައި ވާ ގޮތުން މެޑިކަލް އިކުއިޕްމެންޓުތަކަށް މިލިއަނުން ހަރަދުކުރިއިރު އެތަކެއްޗަށް ވީނުވީއެއް ނޭނގެއެވެ. ހާއްސަކޮށް 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި ޕީޕީއީތަކަށް ވެސް ވީނުވީއެއް ނޭނގެއެވެ.

ހެލްތްއިން ވެސް ވަނީ މާލިއްޔަތުގެ ގާނޫނާއި ހިލާފަށް ގިނަ އަމަލުތަކެއް ހިންގާފައެވެ. އަދި މަކަރާއި އޮޅުވާލުން އަދި ކޮރަޕްޝަންގެ އަމަލުތަކެއް ވަނީ ވެންޓިލޭޓަރުތައް ގެނައުމުގައި ހިންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: