ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީގެ މުއައްޒިފުން މަގާމުގެ ނުފޫޒު ބޭނުން ކުރި ކަމުގެ މައްސަލައެއް!

އެންޓި ކޮރަޕްޝަން ކޮމިޝަނަށް ރައީސް ކަނޑައަޅުއްވާފައިވާ މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި ކޮރަޕްޝަން ކޮމިޝަން ( އޭސީސީ ) ގެ މެންބަރުން މަގާމުގެ ނުފޫޒު ބޭނުން ކުރި ކަމުގެ މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.

ފުލުހުުންނަށް ހުށަހަޅައިފައިވާ މި މައްސަލަ އަކީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމުގެ ބައްޕާފުޅު ވިލިމާލޭގައި ހުންނަ އެމްއެންޑީއެފްގެ ފެސިލިޓީގައި ގެންގުޅުނު މައްސަލަ އޭސީސީ އިން ނިންމިއިރު ނުފޫޒޫ ބޭނުން ކޮށްފައިވާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލައެކެވެ.

އޭސީސީ އިން އެ މައްސަލާގައި ވަނީ ޝިޔާމުގެ ބައްޕާފުޅު ކ. ވިލިނގިލީގައި ހުންނަ އެމްއެންޑީއެފްގެ މެރިޓަމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގައި ދިރިއުޅުނު މަައްސަލަ އަކީ ކޮރަޕްޝަން އެކުލެވޭ މައްސަލައެއް ނޫން ކަމަށް ނިންމާފައެވެ.

ފުލުހަށް އަމިއްލަ ފަރާތަކުން ހުށަހެޅި މި މައްސަލާގައި ބުނެފައިވަނީ ޝިޔާމުގެ ބައްޕާފުޅު އެމްއެންޑީއެފްގެ ފެސިލިޓީއެއްގައި އެއް އަހަރާއި ހަ މަސް ދުވަހަށްވުރެ ގިނަ ދުވަހު ގެންޅުނު ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ޝިޔާމުގެ ބައްޕާފުޅަށް އެކިއެކި ޚިދުމަތްތައް ދެމުން ދިޔައީ ސިފައިންގެ ބޭކަލުން ކަމުގައިވެސް ސިޓީގައި ބުނެފައިވެއެވެ. މީގެ އިތުރުން އެ ވީއައިޕީ ފެސިލިޓީ ބޭނުން ކުރަމުން ދިޔައީ އެތަން ބޭނުން ކުރާނެ އުސޫލެއްވެސް އެކަށައަޅާފައި ނެތީސް ކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ.

” މި މައްސަލާގައި ބުނެފައިވާ އަމަލު އަހުމަދު ޝިޔާމް ހިންގައިފައިވާކަން ތަހުޤީގަށް ސާބިތުވާއިރު އެ އަމަލުގައި ކޮރަޕްޝަން ނުހިމެނޭ ކަމަށް އޭސީސީ އިން ނިންމައިފައިވުމަކީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން އަހުމަދު ޝިޔާމަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ އަމަލެއް. ” އާންމު ފަރާތަކުން ފުލުހަށް ހުށަހެޅި ސިޓީގައި ބުނެފައިވެއެވެ.

ޤާނޫނުލްއުޤޫބާތުގެ 513 މާއްދާގެ ( ށ ) ގައި ބަޔާން ކޮށްފައިވާ ގޮތުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު މަންފާއެއް ހޯދައިދިނުމަކީ ޖިނާއީ ކުށެކެވެ. މި މާއްދާގެ ދަށުން މި މައްސަލަ ބަލައިދިނުމަށް ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: