ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި

ތިނަދޫގައި ރޯކޮށްލި ކަމަށް ބުނާ ސައިކަލް: ފޮޓޯ ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ތިނަދޫގައި މަސައްކަތް ކުރާ ފުލުހެއްގެ ސައިކަލުގައި އަލިފާން ރޯކޮށްލައިފިއެވެ.
މި މައްސަލައިގެ މައުލޫމާތު މި މަހުގެ ފަނަރަ ވަނަ ދުވަހުގެ 8:55 ހާއިރު ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ސައިކަލުގައި ރޯކޮށްލާފައި ވަނީ އެ ފުލުސް މީހާ ދިރިއުޅެމުންދާ ގެ ކަައިރީގައި ޕާރކިންޒޯނުގައި ޕާރކު ކޮށްފައި ހުއްޓައި، އެ ރަށު ހުޅަނގު ފަރާތު އަތިރިމަށްޗަށް ސައިކަލު ގެންގޮސްގެން ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލާގައި އިއްޔެ ކޯރޓު އަމުރެެއްގެ ދަށުން 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މި މައްސަލަ އާއި ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ 18 އަހަރުގެ ފިރިހެނަކާއި އަދި 22 އަހަރުގެ ފިރިހެނަކު ކޯރޓު އަމަރެއްގެ ދަށުން މިައަދު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މިހާރު މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: