ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫގެ ބިން ހިއްކާނީ ހޫޓި ކަނޑު ބައްތިޔާ ހަމަޔަށް: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ފަސްއަހަރަށް ރާއްޖޭގެ ވެރިކަމަށް ހޮއްވަވައި ދެއްވައިފިނަމަ ތިނަދޫގެ ބިން ހިއްކާނީ ހޫޓި ކަނޑު ބައްތިޔާ ހަމަޔަށް ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެެ.

ތިނަދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ތިނަދޫ ސިޓީގެ ތަރައްގީ އަށް ރައްޔިތުންނަށް ދަތިވެފައިވާ ހުރިހާ ކަމަކުން ލުއިފަސޭހަ ގޮތްތަކެއް ހައްދަވާދެއްވާނެ ކަމަށެވެ. އެގޮތުން ތިނަދޫގެ ބިން  ހޫޑި ކަނޑުގެ ބައްތިޔާ އާއި ހަމަޔަށް ހިއްކާދެއްވާނެ ކަމަށާއި، އެގޮތުން ތިނަދޫ ކައިރީގައި އެއާޕޯޓެއް ހެދޭނެ ވަރުގެ ބިންވެސް ހިއްކޭނެ ކަމަށެވެ.

އެއީ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދެއްވުމަށް ކުރެވޭނެ ކަންތައްތަކަށްބަލާ ނިންމާފައިވާ ކަންތައްތަކެއް ކަމަށެވެ. އަދި ހައުސިންލޯނުވެސް ނެނގޭގޮތަށް ހަދާއިދޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހައުސިން ލޯނާއިއެކު ރައްޔިތުންނަށް ލިބޭ ގޯތިތަކުގައި ފަސޭހަ ކަމާއިއެކު ގެ އެޅޭނެ އިންތިޒާމު ހަޖެހިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ނިންމިމުގެ ސަބަބުން އައްޑޫ ސިޓީއެކޭ ފުވައްމަލުސިޓީއެކޭ ކުޅުދުއްފުށި ސިޓީއެކޭ މާލެ ސިޓީއެކޭ އެއްވެސް ތަފާތެއްނުވާނެ ކަމަށާއި، ތަރައްގީ އެސީޓީ ތަކާއި އެއްވަރަށް ތިނަދޫ އަށް ވެސް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

“ހައުސިން ބޭންކެއް ހަދާވާހަކަ އަޅުގަނޑުމެންވާނީ ދައްކާފަ. ހައުސިން ބޭންކު ބޭނުންކޮށްގެން ފައިސާބޭނުން ކުރެވޭނެ ގޮތް އެބައޮތް ކަނޑައަޅާފަ. މި ސިޓީގެ ރައްޔިތުންނަށްވެސް އެފުރުސަތު ފަހި ކޮށްދޭނަން” ރައީސް

ރައީސް ވިދާޅުވީ ތިނަދޫގައި އޮތް ބޯހިޔާވަހިކަން އެއްކޮށް ހައްލު ކޮށްދޭނެ ކަމަށާއި، ބޮޑު ހައުސިން ޕްރޮޖެޓެއް ގާއިމް ކޮށްދޭނެ ކަމަށެވެ. ގެ އަޅަން ބޭނުންވާ އެއްވެސް ފަރާތަކަށް ފައިސާގެ ދަތި ކަމާއި ހެދި ގެ އަޅަން ބޭނުންވެފައި އެކަން ނުކުރެވި ނުދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: