ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫއަށް ސިޓީގެ ދަރަޖަ ގެއްލިދާނެތީ، ރަށްވެހިކަން ބަދަލުކުރާނަމަ 5،000 ރުފިޔާ ނަގަނީ!

ގދ. ތިނަދޫ ސިޓީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ ތިނަދޫ ސިޓީގެ ރަށްވެހިކަން ބަދަލުކުރަނީނަމަ އިދާރީ ފީއެއްގެ ގޮތުގައި 5،000 ރުފިޔާ ނެގުމަށް އެ ސިޓީގެ ކައުންސިލުން ނިންމައިފިއެވެ.

ކައުންސިލުން ބުނި ގޮތުގައި މި ނިންމުން ނިންމީ ތިނަދޫއަށް ދީފައިވާ ސިޓީއެއްގެ ދަރަޖަ ދެމެހެއްޓުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންކަމަށެވެ. އެގޮތުން މިފަދަ ފިޔަވަޅެއް އެޅުމުގެ ސަބަބުން ރަށުގެ އާބާދީ ކުޑަވެގެން ދިއުމަށް އޮތް ފުރުސަތު ކުޑަވާނެކަމަށް ކައުންސިލުން ބުންޏެވެ.

7 ޖެނުއަރީ 2024 ފެށިގެން މި އުސޫލަށް އަމަލު ކުރަމުން ގެންދާނެކަމަށް ކައުންސިލުން ބުންޏެވެ.

ތިނަދޫއަކީ ސިޓީއެއްކަމަށް ކުރީ ސަރުކާރުން ކަނޑައެޅީ އިންތިހާބުގެ ދުވަސްވަރުއެވެ. ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތުން ސިޓީއެއްގެ ދަރަޖަ ދެވެނީ 10،000 މީހުން ހަމަވާ އާބާދީތަކަށެވެ. ނަމަވެސް ތިނަދޫގެ އާބާދީއަކީ 8،000 އެވެ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ، ގާނޫނުގައި ބުނާ އަދަދަށް އާބާދީ ހަމަވެފައިވާ ކަމަށް ކަނޑައެޅުމަށްފަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: