ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫގެ ބައިނަލްއަޤުވާމީ އެއާޕޯޓުގެ މަޝްރޫއުއަށް ދިވެހި ސަރުކާރުން ހަރަދެއް ނުކުރާނެ!

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ތައިލެންޑުގެ ކުންފުންޏަކަށް މަޝްރޫއު ހަވާލުކޮށްފި އެވެ.

ތިނަދޫގެ އެއާޕޯޓުގެ މަޝްރޫއު ބޭރު ބަޔަކާ ހަވާލު ކުރީ އެމަނިކުފާނު ދެކުނަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިރޭ ތިނަދޫ ސްކޫލުގައި އޮތް ޖަލްސާގައި ރަށުގެ އެއާޕޯޓުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ތައިލޭންޑުގެ ޕޭން ޕެސިފިކް ކުންފުނީގެ ފަރާތުން ސޮއި ކުރީ ސީއީއޯ ޒިރާޓް ޕެތްނުންތަވޮން އެވެ.

ސަރުކާރުން މައުލޫމާތު ދިން ގޮތުގައި 400- 600 މިލިއަން ރުފިޔާ ދެމެދުގެ މި މަޝްރޫއުގެ ދަށުން ތިނަދޫގެ ފަޅުގައި އެއާޕޯޓު ތަރައްގީ ކުރުމާ އެކު، ގއ. އަތޮޅުގައި ޓޫރިޒަމް ސިނާއަތާއި އެހެނިހެން ދާއިރާތަކަށް އިންވެސްޓު ކުރެވިގެން ދާނެ އެވެ. މި މަޝްރޫއު ކުރިޔަށް ގެންދިއުމަށް ދިވެހި ސަރުކާރުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭނެ އެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު މިނިސްޓަރ މުއްތަލިބު ވިދާޅުވީ މާލެއާއި ދުރުގައި އޮންނަ އަތޮޅަކަށް ގދ. ވުމާއެކު އެއާޕޯޓެއް މުހިންމު ކަމަށެވެ. އަދި އަތޮޅަށް އިތުރު ތަރައްގީއެއް އައިސް ފަތުރުވެރިކަމަށް އޭގެ ނަފާ ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިނިސްޓަރ ވިދާޅުވީ މަޝްރޫއު ނިމިގެންދާއިރު، އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭ ފެންވަރަށް ރަންވޭ ތަރައްގީ ކުރެވިގެންދާނެ ކަމަށެވެ. މުއްތަލިބު ވިދާޅުވި ގޮތުގައި މިއީ ހަމައެކަނި ބައިނަލްއަޣުވާމީ ވައިގެ ބަނދަރެއް އެޅުމަށް އެކަނި ހިންގޭ މަޝްރޫއުއެއް ނޫނެވެ.

ގދ. އަތޮޅަކީ ބޮޑު އަތޮޅަކަށްވެފައި، މި މަޝްރޫއުގެ ދަށުން ސީޕްލޭން ހަބެއް ވެސް ގާއިމު ކުރުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވައި މުއްތަލިބު ވިދާޅުވީ މީގެތެރެއިން އެއާ އެމްބިއުލާންސްގެ ހިދުމަތާއި ޑީކޯ ޗެމްބަރެއް ގާއިމު ކުރާނެ ކަމަށެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: