ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫގައި އެއާޕޯޓު ތަރައްގީކުރަން އެއްބަސްވުމުގައި ސޮއި ކުރީ ގާނޫނުތަކާއި އެއްގޮތަށް: މިނިސްޓްރީ

ގދ ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރުމަށް ދިވެހި ސަރުކާރާއި ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވީ ދިވެހި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މި އެއްބަސްވުމާއި ގުޅިގެން އިމާރާތްކުރުމާއި ވުޒާރާއިން ނެރުން ބަޔާނުގައި ވަނީ ގދ ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރުމަށް ދިވެހި ސަރުކާރާއި ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑް އާއި ދެމެދު 20 ފެބުރުއަރީ 2024 ގައި ސޮއި ކުރެވުނު ފަހުމުނާމާއަކީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެކުލަވާލެވޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ބަލަން ޖެހޭ ކަންތައްތައް ބަލަން ޖެހޭ ކަންތައްތައް ބެލުމަށް އިކޮނޮމިކް ކައުންސިލްއިން ފާސްކޮށްގެން ސޮއި ކުރެވިފައިވާ ފަހުމުނާމާއެއްކަމަށެވެ.

މި މަޝްރޫއުގައި ހިމެނުމަށް ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑުން ހުށައަޅާފައިވަނީ 4 ކިލޯ މީޓަރު ރަންވޭއަކާއި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ޕަސަންޖަރ ޓަރމިނަލް އަދި ސީޕްލޭން ޓަރމިނަލްއެއްގެ އިތުރުން އިންޓަނޭޝަނަލް އެއަރޕޯޓެއްގައި ހިމެނޭ އެންމެހައި ވަސީލަތްތައް ގާއިމް ކުރުމަށްކަމަށް މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން މަތީ ފަންތީގެ ރިސޯޓާއި ޔޮޓް މެރީނާއަކާއި އަދި ފްލައިން ސުކޫލެއް ތަރައްގީކުރުމަށް ހުށައަޅާފައިވާކަމަށްވެސް ބަޔާނުގައިވެއެވެ.

މި މަޝްރޫއުގެ ކޮންޓްރެކްޓުގައި ސޮއި ކުރެވޭނީ ޕްރޮޕޯޒަކް ހުށައަޅާފައިވާ ފަރާތުގެ ފަންނީ އަދި މާލީ ގާބިލިއްޔަތުކަން ކަށަވަރުކުރުމަށްފަހު ބަލަންޖެހޭ އެންމެހައި ކަންތައްތައް ބަލައި، ދިވެހި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށްވެސް އެ ވުޒާރާއިން ބުނިއެވެ.

އެ ވުޒާރާއިން މިފަދައިން ބަޔާނެއް ނެރެފައި މިވަނީ މި އެއްބަސްވުމާއި ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައިވާ ދަނޑިވަޅެއްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: