ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޓީއެއްގެ ދަރަޖަ ދިން ނަމަވެސް، ކައުންސިލަށް ދޭން ޖެހޭ އެއްވެސް ހައިސިއްޔަތެއް ނުލިބޭ: ސައުދު

ތިނަދޫ އަކީ ސިޓީ އެއްކަމުގައި ކަނޑައެޅުމާއި ގުޅޭގޮތުން ހުށަހެޅިފައިވާ މަސްލައިގެ ކޮމިޓީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުތަކުން ގދ. ތިނަދޫ އާއި ދޭތެރޭ އަމަލު ކުރަނީ 200 މިީހުންގެ އާބާދީ ހަމަނުވާ ރަށެއްގެ ގޮތުގައިކަމަށާއި، ތިނަދޫ ކައުންސިލަށް ސީޓީއެއްގެ ދަރަޖަ ދީފައިވީ ނަމަވެސް ކައުންސިލަކަށް ދޭން ޖެހޭ އެެއްވެސް ހައިސިއްޔަތެއް ދީފައިނުވާކަމަށް، ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ލާމަރުކަޒީ ކޮމެޓީގައި ސައުދު ވިދާޅުވީ 30 ސެޕްޓަމްބަރުގައި ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިންކަމުގައި ވީނަމަވެސް ސަރުކާރުން ތިނަދޫއަށް ސިޓީއެއްގެ ހައިސިއްޔަތު ދީފަނުވާ ކަމަށެވެ. އެގޮތުން ތިނަދޫ އާއި ދޭތެރޭ އަމަލު ކުރަނީ އުސޫލާއި އެއްގޮތަށް ކަމަށް ގަބޫލު ކުރަން ދަތިކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ކުރީ ސަރުކާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދީފައިވީ ނަމަވެސް ގާނޫނުގެ 8 ވަނަ އިސްލާއި ނުވަ ވަނަ އިސްލާހުން މި މައްސަލަ އޮތީ މާނަ އަށް އޮޅުން އަރާ ގޮތަށް ކަމަށެވެ. ނަމަވެސް މި މައްސަލަ ހައްލު ކުރުމައްޓަކާއި އެކި ގޮތް ގޮތުން މަސައްކަތް ކުރި ކަމަށާއި، ގާނުނޫ މާނަ ކުރުމުގައި ދިމާވާ މައްސަލަތަކެއްގެ ސަބަބުން ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދީފައިވީ ނަމަވެސް އެކަން ހައްލު ވެފައި ނުވާ ކަމަށެވެ.

ސައުދު ވިދާޅުވީ މީގެ ކުރިން ސިޓީ ކައުންސިލްތައް އުފެދިފައިވަނީ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ކަމަށާއި، ފުވައްމުލަކު ސިޓިއާއި، ކުޅުދުއްފުށީ ސިޓީއަށް ސިޓީ އެއްގެ ދަރަޖަ ދީފައިވަނީ މި ބުނާ ގާނޫނުގެ ދަށުން ކަމަށެވެ. ސިޓީ ކައުންސިލްގެ ގާނުނުގައި ބުނާ ގޮތުން ސިޓީއެއްގެ ދަރަޖަ ރަށަކަށް ދިނުމާއި އެކު އެ ކައުންސިލަކަށް ހައިސިއްޔަތެއް ލިބިދޭން ޖެހޭ ކަމަށެވެ. ސައުދު ވިދާޅުވީ މިކަން މިހެން އޮތް ނަމަވެސް ތިނަދޫ ސީޓީ އަކަށް ބަދަލުކުރީ 51 ވަނަ މާއްދާގެ ދަށުން ކަމަށާއި، އެމާއްދާގައި ބުނާ ގޮތުން ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިން އިރު، ހާލަތު އޮތް ގޮތުން އިންތިހާބެއް ބާއްވަން ނުޖެހޭ ކަން ވަރަށް ސާފްކޮށް އެނގޭކަމަށެވެ.

ސިޓީއެއްގެ ދަރަޖަ ދިނުމާއި އެކު ސިޓީއަކުން ދޭން ޖެހޭ އެންމެހާ ބާރުތަކާއި މަސްއޫލިއްޔަތު ތަކެއްވެސް ވާކަމަށެވެ. އަދި ހިދުމަތްތައް ރައްޔިތުންނަށް ދިނުމަށްވެސް ބާރު އަޅާކަމަށް ގާނުން ލާޒިމްކުރާ ކަމަށާއި، ނަމަވެސް ސިޓީ ކައުންސިލް އިދާރާއެއް ވެސް އަދި ތިނަދޫގައި ނެތް ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ފޯރު ކޮށްދެމުންދާ ހިދުމަތްްތައް އެންމެ އެދެވޭ ގޮތުގައި ފޯރު ކޮށްދިމުމާއި ގުޅޭ ގޮތުން ސުވާލު އުފެދޭ ކަމަށްވެސް ސައުދު ވިދާޅުވިއެވެ. ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިނުމާއި އެކު ތިނަދޫ ކައުންސިލް އިދާރާގެ ބޭރުގައި ސިޓީ ކައުސިލް އިދާރާ ބޯޑު ޖަހާފައިވާ ކަމަށެވެ. އެކަމަކު ސަރުކާރުގެ އެކި އިދާރާތަކަށް ސިޓީ އާއި، މުހިންމު މައުލޫމާތުތައް ފޮނުވަން ޖެހޭ އިރު ހައިސިއްޔަތު ދީފައި ނުވާތީ ވަކާލާތު ކުރަން ޖެހިފައިވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މިކަން މިގޮތަށް އޮވެ ގާނޫނޫ ލާޒިމް ކުރަނީ އެފަދަ ތަނެއްގައި ތިބޭނީ މޭޔަރުންނާއި ޑެޕިއުޓީ މޭޔަރުން ކަމަށްވީނަމަވެސް އެކަންވެސް އެމަގުން ނުހިނގާކަމަށްވެސް ސައުދު ވިދާޅުވިއެވެ. މިކަން ހައްލު ކުރުމައްޓަކާއި އޮތް ގޮތަކީ ލޯކަލް ގަވަރުމެންޓާއި، ރައްޔިތުންގެ މަޖިލިސް ކަމަށާއި، މަޖިލީހުން މިކަން ނުކުރެވިއްޖެ ނަމަ ދާންޖެހޭނީ ކޯޓަށް ކަމަށް ކަމަށް ވެސް ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ލިބުނީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެޅުނު ފުރުސަތެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް މަސްއޫލިއްޔަތު އަދާ ކުރުމަށް ތިބި ފަރާތްތަތަކަށް ހައިސިއްޔަތު ހަވާލު ނުކުރެވޭ ކަމަށެވެ. ސައުދު ވިދާޅުވީ ސަރުކާރުގެ އެކި އިދާރާތަކުން ފޮނުވާ ސިޓީތަކުގައި އެކި ގޮތްގޮތަަށް ހައިސިއްޔަތު ދީިފައިވާ ކަމަށެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނާއި، މިފަދަ އެއްބައި އިދާރާތަކުން ލިޔެކިއުން ފޮނުވާއިރުވެ ރަށު ކައުންސިލް އިދާރާ ލިޔެފައިވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ވެބްސައިޓްގައިވެސް އޮންނަނީ ހުވަދު އަތޮޅު ދެކުނުުބުރީ ތިނަދޫ ކައުންސިލް އިދާރާ މިހެން ކަމަށެވެ.

ސިޓީީ ކައުންސިލް އިދާރާގެ ގޮތުގައިވެސް އެެއްވެސް ހައިސިއްޔަތެއް ނެތް. އަދި ސިޓީ ކައުންސިލްގެ ހައިސިއްޔަތެއް ނެތް. މިގޮތަށް މިކަން ނިންމަން ޖެހުނީ ދައުރެއްގެ މެދުތެރެއިން ސިޓީއެއްގެ ދަރަޖަ ދެވިފައިވާ ހާލަތުގައި ކައުންސިލް ރައިސަށް މުޙާތަބް ކުރާނީ މޭޔަރުގެ ނަމުން ކަމަށް އޮތަތީ. ސިޓީއެއްގެ ދަރަޖަ ދިން ނަމަވެސް ކައުންސިލް ރައީސްގެ ހައިސިއްޔަތަށް ގޮތް ނިމިފައި ނެތް

ސައުދުގެ މިވާހަކަތަކާއި ގުޅިގެން މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގައި ބައިވެރިވެ ވަޑައިގެން ލޯކަލް ގަވަރުމެންޓް އޮތޯރިޓީން ވިދާޅުވީ، ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިނުމުގެ މައްސަލައަކީ 2022 ވަނަ އަހަރުގެ 3 ޖެނުއެރީން ފެށިގެން ކުރާ މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން ހުރިހާ ކަމެއް ބެލުމަށްފަހު އާބާދީއާއި ގުޅޭގޮތުން ޑީއެންއާރަށް ފޮނުވާ އެކަންތައްތައްވެސް ބަލާފައިވާ ކަމަށް ވިދާޅުވިއެވެ. އޭގެ ފަހުން ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވާފައިވާ ކަމަށެވެ. އެލްޖީއޭއިން ބުނީ ތިނަދޫ ކައުންސިލްގެ މައްސަލައަށް ގާނޫނުން ލިބިދީގެންވާ ފަރުވާއެއް ކަމަށް ހަމައެކަނި މި ވަގުތު އޮތް ހައްލަކީ ގާނުނަށް ބަދަލުގެނެސް އަވަސް އިންތިހާބެއް ބޭވުން ކަމަށެވެ.

ހަމަމިއާއިއެކު އެ ބައްދަލުވުމުގައި ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، 2024 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓާއި އެއްގޮތަށް އަމަލު ކޮށ،ް ތިނަދޫ ކައުންސިލް އިދާރާ ބަދަލު ތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އަދި ބަޖެޓްގައި ހިމަނާފައިވާ ގޮތަށް ސިޓީ ކައުންސިލްގެ ދަރަޖައިން އެ މަސައްކަތް ކުރަން ގަސްތު ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް މިކަމަށް އަވަސް ފިޔަވަޅެއް އެޅުމަަށް މަސައްކަތް ފައްޓަވާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ބަންޑާރަ ނައިބުގެ އޮފީހުން މި ކަމުގައި ގާނުނީ ފަރުވާއެއް ހޯދުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށާއި، އެހެންކަމުން ވީހާވެސް އަވަހަށް ތިނަދޫ ސިޓީ އާއި ގުޅޭގޮތުން ހައްލު ހޯދޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

 

 

 

 

 

 

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: