ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫގައި ތަރައްޤީކުރާ ކޯވިޑް ފެސިލިޓީގެ މަސައްކަތް އަންނަމަހު ނިމޭނެ

ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ތިނަދޫގައި ތަރައްޤީކުރާ ކޯވިޑް ފެސިލިޓީގެ މަސައްކަތް އަންނަމަހު ނިންމާލެވޭނެ ކަމަށް އެ މަސައްކަތް ކުރަމުންދާ އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢުގެ ދަށުން ތިނަދޫގައި ތަރައްޤީކުރަމުންދަނީ 22 އެނދުގެ ޖާގައިގެ މެޑިކަލް ފެސިލިޓީއެކެވެ. މި މަޝްރޫޢުގެ މަސައްކަތް ވަރަށް ހަލުވި މިނެއްގައި ކުރަމުންދާއިރު، މިހާތަނަށް މިމަޝްރޫޢުގެ 15 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ.

އަދި މި މަޝްރޫޢުގެ މަސައްކަތް އަންނަމަހުގެ 14 ވަނަ ދުވަހަށް އެއްކޮށް ނިންމާލެވޭނެކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ. ތިނަދޫ މެޑިކަލް ފެސިލިޓީގައި އިންޓެންސިވް ކެއަރ ޔުނިޓް، އައި.ސީ.ޔޫވެސް ޤާއިމުކުރެވޭނެއެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންނަށް ފަރުވާ ދިނުމަށްޓަކާ ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން، ރާއްޖޭގެ 5 ސަރަޙައްދެއްގައި ސަރުކާރުން ވަނީ ޚާއްސަ މެޑިކަލް ފެސިލިޓީތަކެއް ޤާއިމުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: