ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖެ ގެނައުން މަނާކޮށްފައި އޮތް އޮތުމަށް އިތުރު 01 އަހަރު އިތުރުކޮށްފި

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖެއަށް ގެނައުން މަނާކޮށްފައި އޮތް އޮތުން އިތުރު 01 އަހަރުގެ މުއްދަތަށް އިތުރުކޮށްފިއެވެ.

01 އަހަރުގެ މުއްދަތަކަށް ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖެއަށް ގެނައުން މަނާކޮށްފައިވަނީ ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މި ގޮތުން އަނެއްކާވެސް އަހަރުދުވަހުގެ މުއްދަތު އިތުރުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހަށް އެ މުއްދަތު ހަމަވާތީކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ނަމަވެސް ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖެއަށް ގެނައުން މަނާކޮށްފައިވިޔަސް އެ ޤައުމުގެ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުން ފަދަ މަޤާމުތަކުގައި މަސައްކަތްކުރާ ފަރާތްތައް ގެނެވޭނެ އެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ޢަދަދު އިތުރުވެފައިވާތީ އެ ފަދަ ފަރާތްތައް އަނބުރާ އެ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ކަމާގުޅޭ މުއައްސަސާތަކުން އަންނަނީ ކުރަމުންނެވެ. މި ގޮތުން ކޮވިޑް-19 ރާއްޖެއިން ފެނުުނު ފަހުން މިހާތަނަށް އެކިފަހަރު މަތިން އެ ޤައުނުގެ 5000 އަށް ވުރެ ގިނަ މީހުން ވަނީ ޤައުމަށް ފޮނުވައިލާފައެވެ.

ރާއްޖޭގައި ބަންގްލަދޭޝްގެ ގިނަ ރައްޔިތުން އުޅެމުން އަންނައިރު އެ މީހުންގެ ފަރާތުން އަންނަނީ ހަމަނުޖެހުންތައް ވެސް ހިންގަމުންނެވެ. މި ގޮތުން މި އަހަރުތެރޭގައި ވެސް މިފަދަ ކިތަންމެ މައްސަލަތަކެއް ކުރިމަތިވެއްޖެއެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ އެންމެން ފޮނުވައިލުމަކީ ވާނެކަމެއް ވެސް ނޫނެވެ. ނަމަވެސް ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވިގޮތުގައި ރައީސް ނަޝީދުގެ އެ ވާހަކައަކީ އެއްވެސް އޮއްޓަރެއް ހުރި ވާހަކައެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: