ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ޕޯޓް ގުޅިފަޅަށް ބަދަލުކުރުމަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށްދޭ އަނިޔާއެއް: މުޢިއްޒު

މުހައްމަދު މުއިއްޒު: ފޮޓޯ ސަންގު ޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ލޭ ޕޯޓް ގުޅިފަޅަށް ބަދަލުކުރުމަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށްދޭ އަނިޔާއެއްކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ.މުޢިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ޙައްޤަށްޓަކައި އެކަނި ވެސް ގުޅިފަޅުގައި ޕޯޓު ހެދުން ހުއްޓާލަންޖެހޭ ކަމަށާއި ގުޅިފަޅުގައި ޕޯޓު ހެދުމަކީ މާލެ ރައްޔިތުންނަށް ދެވޭ އަނިޔާއެއްކަމަށެވެ. އަދި ޕޯޓަށް އޮތް ދާއިމީ ހައްލަކީ އަބަދުވެސް ތިލަފުށިކަމަށް ވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ނިންމީ ރައީސް ޔާމިނު ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައެވެ. ނަމަވެސް ތިލަފުށީގެ ބަދަލުގައި ގުޅިފަޅަށް ވިޔަފާރި ބަނދަރު ބަދަލުކުރުމަށް ނިންމީ މިހާރު ހިނގަމުންމިދާ ރައީސް ޞާލިޙްގެ ސަރުކާރުންނެވެ. މި ސަރުކާރުން އެ ގޮތަށް ނިންމީ ތިމާވެށީގެ ގޮތުން ބަލާއިރުވެސް އެންމެ ރައްކާތެރިގޮތަކީ އެއީ ކަމަށް ބުނެފައެވެ.

މާލޭގ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު އެ ރަށުގެ ބޮޑު ސަރަހައްދެއް ހިއްކަން އެއްވެސް ބިޑަކާނުލައި ސަރުކާރުން ވަނީ ނެދަލެންޑްސްގެ ބޮސްކާލިސްއާއި ހަވާލުކޮށްފައެވެ. މި ގޮތުން 53 މިލިއަން ޑޮލަރަށް ނެދަލެންޑްސްގެ ބޮސްކާލިސްއަށް ދީފައިވަނީ  2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. މި އަހަރުގެ މެއިމަހުގެ ތެރޭގައި ބޮސްކާލިސްއިން ވަނީ  ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފަށާފައެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކުގެތެރެއިން 06 މިލިއަން ކިއުބިކް މީޓަރުގެ ބިމުގެ ސަރަހައްދެއް ހިއްކުމަށް ހަމަޖެހިފައިވާއިރު ދެވަނަ ފިޔަވަހީގައި 14 މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކުމަށް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން 04 ކިލޯ މީޓަރުގެ ތޮއްޓެއްލުމަށް ވެސް ވަނީ ހަމަޖެހިފައެވެ. 180 ދުވަހުގެތެރޭގައި ނިންމަން ހަވާލުކޮށްފައިވާ މި މަސައްކަތް ނިމުމުން މާލޭ ޕޯޓް ބަދަލުކުރެވިގެންދާނެއެވެ. އޭގެ އިތުރުން މާލޭ ރައްޔިތުންނަށް 1200 ގޯތި ދޫކުރާނެކަމަށް ވެސް ދާދިފަހުން ސަރުކާރުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: