ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޮރިން މިިނިސްޓަރަށް ރައީސް ނަޝީދުގެ ތާއިދު!

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް ފުރިހަމަ ތާއީދު އެބައޮތްކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިމިވަނީ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަސައްކަތް ފަށާފައިވަނިކޮށެވެ.

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައެޅުއްވުމަށް ނިންމާފައިވާކަން ހާމަކުރައްވަމުން ޖާބިރު ވިދާޅުވީ 10 މެމްބަރުންގެ ސޮޔާއެކު ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް އެމައްސަލައަށް ވައްދާނެ ކަމަށެވެ. މަޖިލީހުގައި ޝާހިދަށް ތާއީދުކުރާ އެއްވެސް މެމްބަރަކު ނެތްކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތު ވަނީ އެއްކޮށް ފެއިލް ވެފައި ކަމަށާއި ގައުމުތަކުގެ މެދުގައި ހަމަހަމަ ގުޅުމެއް ނުބޭއްވޭކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ޝާހިދު ގުޅުން ބަދަހިކުރައްވަން ބޭނުންފުޅު ވަނީ ވަކި ގައުމުތަކަކާއި ކަމަށް ވިދާޅުވިއެވެ.

މިކަން ފެންމަތިވުމާއިއެކު ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވަނީ ޝާހިދަށް އެމަނިކުފާނުގެ ފުރިހަމަ ތާއީދު އެބައޮތްކަމަށް ވިދާޅުވެ ޝާހިދުގެ މަސައްކަތަށް ސާބަސް ރައްދުކުރައްވާފައެވެ.

ޖާބިރުގެ އިތުރުން ސަރުކާރާއި އިދކޮޅު ބައެއް އެހެން މެމްބަރުންވެސް ވަނީ ޝާހިދުގެ މަސައްކަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން، ކޮރަޕްޝަންގެ ތުހުމަތުތައް ޝާހިދަށް ކުރަމުންދާއިރު ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓް މިހާތަނަށްވެސް ހާމަކޮށްފައިނުވަނީ ކީއްވެތޯ އަންނަނީ ސުވާލު އުފައްދަމުންނެވެ. އަދި ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓް ހާމަކުރިހާ އަވަހަކަށް މިނިސްޓަރ ޝާހިދުގެ ޚިޔާނާތުގެ މައްސަލަތައް ފެންމަތިވާނެކަމަށް އިދިކޮޅު މެމްބަރުން އަންނަނީ ވިދާޅުވަމުންނެވެ.

ސަރުކާރުގެ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތައް ފެންމަތިވަމުންދާއިރު، ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ހުންނެވީ މަގާމުގެ މަސްއޫލިއްޔަތުތަކުން އަމިއްލަފުޅަށް އެކަހެރިވެވަޑައިގެންކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރަށް، މީގެ ކުރިންވެސް އެކި މައްސަަލަތަކާއިހުރެ ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެންމަތިވެފައި ވަނިކޮށް އެކަމަނާ ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ. މީގެ އިތުރަށް، ޓުއަރިޒްމް މިނިސްޓަރ އަލީ ވަހީދުގެ އަހްލާގީ މައްސަލަތައް ފެންމަތިވުމާއި ގުޅިގެން އެބޭފުޅާވެސް ވަނީ މަގާމުން ދުރުކުރައްވާފައެވެ.

މީގެ އިތުރަށް މިހާރު އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެއްދުމަށް އެމްޑީޕީގެ ތެރެއިން މަސައްކަތް ކުރަމުންދާއިރު، މިނިސްޓަރ ފައްޔާޒާއި މެދު ރައީސް ނަޝީދުގެ ހިތްހަމަނުޖެހުންތަކެއް ހުރިކަން ވަނީ ހާމަވެގެން ގޮސްފައެވެ. އަދި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲއަށް ބޮޑެތި ފާޑުކިޔުންތަކެއްވެސް މިދުވަސްކޮޅު އަމާޒުވެގެންދާއިރު، ޖާބިރުވެސް ވަނީ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަރަށް އަވަހަށް މަޖިލީހަށް ވައްދާނެ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުގެ ކެބިނެޓްގައި ހިމެނޭ ގިނަ ވަޒީރުންތަކަކަށް ފާޑު ކިޔުން އަމާޒުވަމުންދާއިރު، ސަރުކާރު ނިސްބަތްވާ ޕާޓީ، އެމްޑީޕީގެ ތެރެއިންވެސް ބައެއް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތައް މަޖިލީހަށް ވެއްދުމަށް ދަނީ މަސައްކަތްކުރަމުންނެވެ. މީގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުންގެ މައްސަލަތައްވެސް ހިމެނެއެވެ.

މިފަދަ ކޮންމެ މައްސަލައަކާއި ގުޅިގެން ރައީސް ނަޝީދު، އެމަނިކުފާނުގެ ޚިޔާލު ފާޅުކުރަމުންދާއިރު މިފަދަ މައްސަަލަތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއްނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: