ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި މަސްވެރިކަން ވަނީ ހިމާޔަތްކުރެވިފަ, ރައީސް ނަޝީދު ބޭނުންގޮތަށް މިކަންވިޔަކަ ނުދޭނަން: ޖާބިރު

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު. ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކަނޑުތައްވަނީ ހިމާޔަތްކުރެވިފައި ކަމަށާއި ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޭނުންފުޅުވާހައި ގޮތަކަށް ކަންކަން ކުރައްވަން ފުރުސަތެއް ނުދެއްވާނެކަމަށް ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ ރާއްޖެއާއި ލަންކާގެ ކަނޑުތައް ދެ ޤައުމުގެ މަސްވެރިންނަށް ހުޅުވާލައި ދެ ޤައުުމުގެ މަސްވެރިންނަށް ސީދާ ޢާމްދަނީއެއް ލިބޭނެ ވިސްނުމަކީ އަބަދުވެސް އެމްޑީޕީގެ ވިސްނުމުގައިވާ ކަމެއްކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.

މި މަހުގެ 20 ވަނަ ދުވަހު ބޭއްވި ސްރީލަންކާ މޯލްޑިވްސް ބިޒްނަސް ކައުންސިލް (އެސްއެލްއެމްއެލްބީސީ) ގެ 12 ވަނަ ޢާންމު އަހަރީ ޖަލްސާގައި ރައީސް ނަޝީދު ވަނީ
ރާއްޖެއާއި ލަންކާއާއި ދެމެދުގައި ޒަމާނުއްސުރެ ކުރަމުންއައި ވިޔަފާރީގެ ސަޤާފަތަށްބަލާއިރު އެންމެ ބޮޑަށް މުޢާމަލާތް ކުރެވިފައި ވަނީ މަސްވެރިކަމުގެ ވިޔަފާރިންކަމަށާއި ލަންކާއަކީ ދިވެހި މަސްވެރިން ބާނާ މަސް ގަނޑުކޮށް ނުހަނު ގިނައިން ގަންނަ ޤައުމެއްކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ހުސްވި އަހަރުތެރޭގައި ވެސް ރައީސް ނަޝީދު ވަނީ މި މޭރުމުން ވާހަކަދައްކަވާފައެވެ. މި ގޮތުން ނަޝީދު ވިދާޅުވީ މަސްވެރިންނަށް ރަނގަޅު މާކެޓެއް ހޯދަން ޖެހޭތީ ރާއްޖޭގެ ކަނޑުތައް ހުޅުވާލަންޖެހޭކަމަށެވެ.

މިކަމާއި ގުޅިގެން ޑީއާރްޕީއިން ކުރި ޓްވީޓެއްގައި ޖާބިރު ވަނީ ރާއްޖޭގެ ކަނޑުތައް އަބަދުވެސް އޮންނާނީ މަސްވެރިންނަށް ޓަކައި ހިމާޔަތްކުރެވިފައިކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދު ބޭނުންފުޅުވާހައި ގޮތަކަށް ކަންކަން ކުރައްވަން ފުރުސަތެއް ނުދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ޖާބިރު ވަނީ ވަގުތުން ވަގުތަށް މިކަން ހުއްޓާލުމަށް ވެސް ގޮވައިލައްވާފައެވެ.

ހަމައެއާއެކު ޑީއާރްޕީންކުރި އެހެން ޓްވީޓެއްގައި ޖާބިރުވަނީ މަސްވެރިންނަށާއި ދަނޑުވެރިންނަށް އަދި ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރިވެރިންގެ ޙައްޤުތައް އިޔާދަކުރުމަށާއި މި ސަރުކާރުން މަސްވެރިންނަށްވީ ވަޢުދުތައް ފުއްދުމަށް ވެސް ގޮވައިލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: