ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާންމު ހިދުމަތްދޭ ހުރިހާ ތަނެއް އަންނަ އަންގާރަ ދުވަހުން ފެށިގެން އިންސްޕެކްޓްކުރަން ފަށަނީ

މާލޭގެ ކަލާފާނު ހިނގުމުގައި ހުންނަ ކިންގްސް ލޯންޖް
ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑއަޅާފައިވާ ގައިޑް ލައިނާ އެއްގޮތަށް އާންމު ހިދުމަތް ދޭ ތަންތަނުން އަމަލު ކުރޭތޯ ބެލުމަށް މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ޚާއްސަ އިންސްޕެކްޝަނެއް ފަށާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަދި ހެޑް އޮފް މާލޭ ސިޓީ ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ، ޢާއްމު ޚިދުމަތް ދޭ ތަންތަން ހިންގަމުންދަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށްތޯ ބެލުމަށް ކުރިއަށްގެންދާ ސިލްސިލާ އިންސްޕެކްޝަންގެ އާ ބުރެއް މިމަހުގެ 25 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.

“ކުރީގެ އިންސްޕެކްޝަންތަކާ ޚިލާފަށް މިފަހަރު، އިސްތިސްނާ ކުރާނެ ވަކި ތަންތަނަނެއް ނުހުންނާނެ، މިފަހަރުގެ އިންސްޕެކްޝަންގައި ޢާއްމުންނަށް ޚިދުމަތްދޭ ހުރިހާ ތަނެއް ބަލައި އިންސްޕެކްޓްކުރާނަން” ސަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ގައިޑް ލައިނާ އެއްގޮތަށް ގިނަ މީހުން އުޅުނަސް އަދިވެސް 9:30 އިން ފެށިގެން ބައެއް ތަންތަނުން ހިދުމަތްތައްދޭކަން ފާޙަގަކުރެވޭ ކަމަށާއި އެކަން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ޑެލިވަރީގެ ހިދުމަތް ވެސް 8:00 ގެ ކުރިން ނިންމާލުން މުހިއްމު ކަމަށް އޭނާ ވިދާޅުވިއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: