ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަސް އަހަރު ފަހުން އިސް ވަޒީފާތަކުގެ 60 އިންސައްތަ ދިވެހިންނަށް ދޭން ލާޒިމުކުރަނީ

ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސީނިއާ މެނޭޖްމަންޓް ވަޒީފާތަކުގެ 60 އިންސައްތަ ދިވެހިންނަށް ދޭން ލާޒިމް ކުރާ ގޮތަށް ވަޒީފާގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީ އާއި އިޖުތިމާއީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ނިންމައިފިއެވެ.

ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވީ، 50 އަށް ވުރެ ގިނަ މުވައްޒަފުން ތިބޭ ކުންފުނިތަކުގައި ސީނިއާ މެނޭޖްމަންޓްގެ އެންމެ އިސްވެރިޔަކަށް ދިވެއްސަކު ހުރުމަށެވެ. އަދި އެފަދަ ކުންފުނިތަކުގެ ސީނިއާ މެނޭޖްމަންޓް ވަޒީފާތަކުގެ މަދުވެގެން 60 ޕަސެންޓް ދިވެހިން ތިބެން ޖެހޭނެ ކަމަށް ވެސް ޝިފާއު ހުށަހެޅުއްވިއެވެ.

ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން އެ އިސްލާހަށް ތާއީދު ކުރިއެވެ. އެކަމަކު އެ އިސްލާހަށް އަމަލު ކުރަން ފަށާނެ ތާރީހަކާ މެދު މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވިއެވެ. އެންމެ ފަހުން ކޮމިޓީން ފާސްވެގެން ދިޔައީ އިސްލާހު ފާސްކުރާތާ ފަސް އަހަރު ތެރޭ އެ އިސްލާހަށް އަމަލު ކުރުމަށެވެ.

މީގެ އިތުރުން ވަޒީފާ އަދާ ކުރާ މީހުންނާއި މަސައްކަތްތެރީންގެ މިނިމމް ވޭޖްއެއް ކަނޑައެޅުމަށް ބިލްގައި ހިމަނާފައިވެއެވެ. ސަރުކާރުން ފޮނުވި ބިލުގައި ބުނަނީ މިނިމަމް ވޭޖް ކަނޑައެޅުމުގެ ބާރު އޮންނާނީ އިކޮނޮމިކް މިނިސްޓަރަށެވެ. ވަކި އަދަދެއް ކަނޑައެޅުމަށް ބިލުގައި ނެތަސް އެ ކަމަށް ލަފާ ދޭނެ ބޯޑެއް މިނިސްޓްރީގައި އެލުވާލުމަށް އޮތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: