ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެވެށި އަނިޔާ ހުއްޓުވަން އީޖާބީ މަސައްކަތްތަކެއް ކުރަން ޖެހޭ: ޖެންޑަ މިނިސްޓަރު

ޝެއާރކޮށްލާ ކަހަލަދޯ؟

ގެވެށި އަނިޔާ ހުއްޓުވަން އީޖާބީ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ޖެންޑަ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ގެވެށި އަނިޔާ ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުން އެފްސީއެސްސީތަކަށް އަމާޒުކޮށްގެން ވާޗުއަލް ޓްރޭނިން ޕްރޮގްރާމް “ގެވެށި ގުޅުން” ފައްޓަވައި ދެއްވުމަށް ފަހު ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މުޖުތަމައުގައި ގެވެށި އަނިޔާ ހުއްޓުވަން ބޭނުންނަމަ ސްކޫލް ކުދިންނާ ހަމައިން ފެށިގެން ގޮސް އުމުރުން ދުވަސްވީ މީހުނަށްވެސް ގެވެށި އަނިޔާއާ ގުޅޭ މައުލޫމާތުތައް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ

“އެކަން ކުރެވޭނެ އީޖާދީ ގޮތްތައް ހޯދައި، ކެމްޕޭންގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް އެފްސީއެސްސީތަކުން ކުރަމުންދާ މަސައްކަތްތަކުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިކޮށްގެން” މިނިސްޓަރ ވިދާޅުވިއެވެ.

ކެމްޕޭންގެ ތެރެއިން ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ(އެފްޕީއޭ) ގުޅިގެން ކުރިއަށް ދިޔަ ދެ ދުވަހުގެ ވަޗުއަލް ޓްރެއިނިންގ ޕްރޮގްރާމްގެ މަގްސަދަކީ ގެވެށި އަނިޔާގެ އަމަލުތައް މަދުކޮށް، ހޭލުންތެރިކަން އިތުރުކުރުމެވެ.

އެ ޕްރޮގްރާމްގައި 18 އެފްސީއެސްސީ އަކުން ޖުމްލަ 33 މުވައްޒަފުން ބައިވެރިވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: